އަސްލު ކާމިޔާބު މީހަކީ ނުވަތަ ނާކާމިޔާބު މީހަކީ ކޮބައިކަން އެނގޭނީ މާދަމާ ނުވަތަ ޤިޔާމަތް ދުވަހުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް މީގެ އިރުކޮޅެއް ކުރިން ކުރައްވާފައިވާ ޓްވީޓެއްގައިވަނީ މިކަމަށް އިޝާރާތްކުރައްވާ ދުނިޔެއިން ކާމިޔާބެއް ލިބުމުން ގަދަބަސްބުނެ އުޅޭ ކޮންމެ މީހަކު ސޫރަތުލް މަރިޔަމްގެ 75ވަނަ އާޔަތް ހަނދާންކޮށްލުން ބުއްދިވެރިކަމަށް ވިދާޅުވެފައެވެ.
Dhuniyein kaamiyabeh libumun gadhabas bune ulhey komme meehaku ilaahee mi vahee basfulhu handhankollun budhdhiveri
aslu kamiyabu meehakee nuvatha nakamiyabu meehakee kobaikan engeynee maadhama giyaamah dhuvahun
Allah emmenah heyovisnun dhevvashi azabun salamah kuravvashi Ameen. pic.twitter.com/NrBRveX2Bp— Ilyas Hussain (@shkilyas) April 14, 2019
"ދުނިޔެއިން ކާމިޔާބެއް ލިބުމުން ގަދަބަސްބުނެ އުޅޭ ކޮންމެ މީހަކު އިލާޙީ މި ވަޙީބަސްފުޅު ހަނދާންކޮށްލުން ބުއްދިވެރި. އަސްލު ކާމިޔާބު މީހަކީ ނުވަތަ ނާކާމިޔާބު މީހަކީ ކޮބައިކަން އެނގޭނީ މާދަމާ ޤިޔާމަތް ދުވަހުން. ﷲ އެންމެންނަށް ހެޔޮވިސްނުން ދެއްވާށި. ޢަޒާބުން ސަލާމަތް ކުރައްވާށި. އާމީން." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
ސޫރަތުލް މަރިޔަމްގެ 75 ވަނަ އާޔަތުގެ މާނާގައިވަނީ، "ކަލޭގެފާނު ވިދާޅުވާށެވެ!މަގުފުރެދުމުގެ ތެރޭގައިވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ރަޙްމާންވަންތަ ރަސްކަލާނގެ އުމުރު ދިގުކުރައްވައި، މުހުލަތު ދެއްވާނެތެވެ. އެއުރެންނަށް ވަޢުދުކުރައްވާ ކަންތައް، އެއުރެން ދެކެފުމަށްދާނދެނެވެ. އެހެންޏާ (ދުނިޔޭގެ) ޢަޒާބެވެ. އެހެންޏާ ޤިޔާމަތްދުވަހުގެ ހަލާކެވެ. ފަހެ، ދަރަޖައިގެ ގޮތުން އެންމެ ނުބައީ، އަދި ލަޝްކަރުގެ ގޮތުން އެންމެ ނިކަމެތީ، ކޮންބައެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ." މިފަދައިންނެވެ.