ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލާ ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
އެ ބޭފުޅާ މި އުފާވެރި ޚަބަރު ދެއްވި އެބޭފުޅާގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
Sarukaaruge office thakaai, sarukaaruge kunfuni thakuge therein, muahzafun nah faseaha kamaai eku, namaadu kureveane inthizaam hama jehifai nei than balaa e than thanuga, faseaha in namaadu kureveanea inthizaam hama jahsaa dinumuge masahkai Islamic ministry in fashaifi.
— Ahmed Zahir Ali (@AhmedZahirAli) April 15, 2019
"ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ފަސޭހަކަމާއެކު، ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލައި އެތަންތަނުގައި، ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި." އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.
ޕްރައިވެޓް ތަންތަނުން ވެސް މިއީ ހަމަޖެއްސުން މުހިއްމު ކަމެކެވެ. ގިނަ ވަގުތު ވަޒީފާގައި އުޅޭ ފަރާތްތަކުން ނަމާދު ގަޑީގައި އެތަނުގައި ތިބެގެން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވުމަކީ އެ ވާނީ ވަރަށް ފަސޭހަ ހިތްހަމަޖެހޭ ކަމަކަށެވެ.