ރައީސުލް ޖުމުހޫރިއްޔާ، 17 ނޮވެމްބަރު 2018 ވަނަ ދުވަހު ހަވާލު ކުރެއްވި މަސައްކަތުގައި، ތެދުވެރިކަމާއެކު ދެމިހުންނާނެ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަސްޕެންޑު ކުރުމަށް ފަހު އަލުން ވަޒީފާއަށް ނިކުތުމަށް ރައީސް އޮފީހުން އެންގުމުން، ރައީސުލް ޖުމުހޫރިއްޔާއަށް ޝުކުރު އަދާކުރައްވައި ކުރި ޓުވީޓެއްގައެވެ.
ACC/Police inn evves massalaeh neiykan yageen kurevvumahfahu, alhugandah ithubaaru kuravvaa alun rasmee masahakathah neredhevvi kamahtakai Raees @ibusolih shukuru dhannavan.
Thedhuveri kamaaieku masahkathuga dhemihunnaanan.
Ithubaaru kurevvi emmebeyfulhunnah shukuriyya. 🇲🇻
— Ahmed Mahloof (@AhmedMahloof) April 16, 2019
ފެބްރުއަރީ މަސް ތެރޭ އޭސީސީން އާންމު ކުރި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގީ ރިޕޯޓުގައި އެސްއޯއެފް އާއި ޑޮލަރުގެ މުއާމަލާތް ކުރި ކުންފުނިތަކާއި އާންމު މީހުންގެ ތެރޭގައި މަހްލޫފްވެސް ހިމެނުމުން ރައީސް ވަނީ 14 ފެބްރުއަރީ ގައި މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރުމަށް މަހްލޫފަށް އަންގާފައެވެ.
މަހްލޫފް ވަނީ ސައްހަ ނޫން މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ބުނެ އޭސީސީއަށް އަމިއްލައަށް އެ މައްސަލަ ހުށައަޅައި ބަލައިދިނުމަށް އެދިފައެވެ. އޭސީސީން އެ މައްސަލަ ބަލައި ރައީސުލް ޖުމުހޫރިއްޔާ އަށް ރިޕޯޓެއް އަރުވާފައިވާއިރު މަހްލޫފް ވިދާޅުވީ އޭސީސީ އިން ފުލުހުން ކުރި ތަހުގީގުން ވެސް އޭނާގެ މައްސަލައެއް ފެނިފައިނުވާ ކަމަށެވެ.
ރައީސް އޮފީހުން ވަނީ މިއަދު، މަހްލޫފް އަނބުރާ މަސައްކަތާ ހަވާލުވުމަށް އަންގާފައެވެ. އެންގުމާ އެއްގޮތަށް މަހްލޫފް ވަނީ މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.