މަޖިލިސް ރައީސް ހޮވުމުގައި ވަކިމީހަކަށް ތާއީދު ކުރުމަކީ "ނުފޫޒެއް" ކަމަށް ބަލާމީހަކު ބެލިކަމުގައި ވިޔަސް، އެ ނުފޫޒަށްވުރެ ބޮޑަށް ފައިސާގެ ނުފޫޒު ވަންނަން ޖާގަ ދެވިއްޖެނަމަ މާ ކަންބޮޑުވާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް މިހެން ވިދާޅުވެފައިވަނީ މިކަމަށް އިޝާރާތް ކުރައްވާ އެބޭފުޅާގެ ރަސްމީ ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
Speaker hovumugai vaki meehakah thaaeedhu kurumaky “nufoozeh” kamah balaa meehak belikamuga viyas,e nufoozah vure bodah FAISAA GE NUFOOZU vanumah jaaga dhevijje nama alhugandu maa kanboduvaane.
RN ge kanboduvumaky ves e’eekamah dheken.RN akee faisaage meeheh noonkamah vaathee.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 18, 2019
"ސްޕީކަރ ހޮވުމުގައި ވަކިމީހަކަށް ތާއީދު ކުރުމަކީ "ނުފޫޒެއް" ކަމަށް ބަލާމީހަކު ބެލިކަމުގައި ވިޔަސް، އެ ނުފޫޒަށްވުރެ ބޮޑަށް ފައިސާގެ ނުފޫޒު ވަނުމަށް ޖާގަދެވިއްޖެނަމަ އަޅުގަނޑު މާ ކަންބޮޑުވާނެ. ރައީސް ނަޝީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ ކަމަށް ދެކެން. ރައީސް ނަޝީދަކީ ފައިސާގެ މީހެއް ނޫން ކަމަށްވާތީ." އިމްތިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމާއިމެދު ބަހުސް ވަނީ އަޑުގަދަވެފައެވެ. އެކި ފަރާތްތަކުން ތާއީދު ކުރަނީ އެކި ފަރާތްތަކަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ހޮއްވެވުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ ހިތަދޫ އުުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ މުހައްމަދު އަސްލަމް ކަމަށެވެ.