ތިމާ ކިތަންމެ ގަދަރުކުރާ މީހަކު ގޯސްކަމެއް ކުރިކަމުގައި ވިޔަސް ހައްގު ބަޔާންކުރުމުގެ ގަޓު ހުންނަންޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
އެ ބޭފުޅާ މިހެން ވިދާޅުވެފައިވަނީ މީގެ އިރުކޮޅެއް ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
Thimaa kithanme gadharu kuraa meehaku namaves goas kameh kuraa nama nuvatha goas baheh bunaa nama ekamakah inkaaru koh haggu bayaan kurumuge GUT konme meeheh ge kibaigaa ves hunnan jeheyne.
— Dr.Mohamed Iyaz (@dr_iyaz) April 19, 2019
"ތިމާ ކިތަންމެ ގަދަރުކުރާ މީހަކު ނަމަވެސް ގޯސްކަމެެއް ކުރާނަމަ ނުވަތަ ގޯސްބަހެއް ބުނާނަމަ އެކަމަކަށް އިންކާރުކޮށް ހައްގު ބަޔާން ކުރުމުގެ ގަޓު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭނެ." ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް އަލިއަޅުއްވާލައްވާފައި މިވަނީ ވަރަށް މުހިއްމު މައުޟޫއު އަކަށެވެ. މި މުޖުތަމައުން ފެންނަ މަންޒަރުތަކަށް ބަލާއިރު ތިމާއާއި ގާތް ނުވަތަ ސަޕޯޓްކުރާ މީހަކު ކިތަންމެ ގޯސްކަމެއް ކުރިޔަސް އަދި ކިތަންމެ ގޯސް ވާހަކައެއް ދެއްކި ކަމުގައިވިޔަސް އެ ގޯސް ކަމަކަށް ގަބޫލު ނުކުރެވެއެވެ. އެ އާދަތަކަކީ މި މުޖުތަމަޢުއިން ނައްތާލަންޖެހޭ އާދަ ތަކެކެވެ.