މިއަދު މެންދުރު އައްޑޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ މަރުވެއްޖެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ރަސްމީ ބަހެއް އެކްސިޑެންޓާ ގުޅިގެން އަދި ލިބިފައިނުވާއިރު ހޮސްޕިޓަލުން މައުލޫމާތު ލިބުނު ގޮތުގައި އެ ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓުގައި ނިޔާވެފައިވަނީ ވެމްކޯގެ އައްޑޫ ބްރާންޗުގެ އައިޓީ މެނޭޖަރު ނަބީލްއެވެ.
އޭނާ އެކްސިޑެންޓު ވެފައިވަނީ ލިންކު ރޯޑު ކުނިކޮށި ސަރަހައްދުގައި ގާއިމްކޮށްފައިހުރި ވެމްކޯ އޮފީހަށް ސައިކަލުގައި ވަންނަން އުޅެނިކޮށް އަނެއް ފަރާތުން ދުއްވާފައި އައި ވޭނެއްގައި ޖެހިގެންނެވެ.