ޓެރަރިޒަމްގެ އަމަލުތަކުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅުއްވަމުންގެންދަވާ ކަމަށް އުއްމީދުކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މިވަގުތު ފުރުއްވަމުން ގެންދަވާ މަޖިލިސް މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Ummeedhakee avatteri S.Lanka ah kurimathi vefaivaa nurakkaatheri haalathun v avahah araiganevun.
Mi raajje akee ethah bayaku abadhuves ziyaaray kuraa gaumeh. Terrorism ge nurakkalun salaamay vumah harudhanaa fiyavalhu thakeh sarukaarun alhuvamun gendhavaane kamah ummeedhu kuran.
— Mohamed Ameeth (@MohamedAmeeth) April 26, 2019
"އުއްމީދަކީ އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުން ވަރަށް އަވަހަށް އަރައިގަނެވުން. މިރާއްޖެއަކީ އެތައް ބަޔަކު އަބަދުވެސް ޒިޔާރަތް ކުރާ ގައުމެއް. ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވަމުން ގެންދަވާނެ ކަމަށް އުއްމީދުކުރަން." އަމީތު ވިދާޅުވިއެވެ.
ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގައި އަވައްޓެރި ސްރީލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ މި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ. ކުށެއްނެތް އެތައް ބަކަޔަށް ދެވުނު މި ހަމަލާ ރާއްޖޭން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 253 މީހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިގެން ގޮސްފައެވެ. މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން މިހާރު ވަނީ އުފުލާފައެވެ.
މި ހަމަލާއާ ގުޅިގެން މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އެ އެންމެން ވެސް ނިސްބަތްވަނީ ލަންކާ އަށެވެ.