މެދުމިނުގެ މާނަ ނުބައިކޮށް ނުނެންގެވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައެވެ.
Medhuminuge maana nubai koh nunangavaa. Medhuminaky dheenuga kankan aissa vaagoi. Dhuvaalaku 1 namaad kurun, raa boelun, DJ ah jassaalun nuvaane medhuminakah. Myge anehkolhu kamugaivaa fennahaa meehaku kaafaru koffa gellun dhinun. Mihury hahthaaves medhuminaa khilaaf baathil goi.
— Ali Zaid (@alizaid1000) April 28, 2019
"މެދުމިނުގެ މާނަ ނުބައިކޮށް ނުނަންގަވާ. މެދުމިނަކީ ދީނުގެ ކަންކަން އައިސްފައިވާ ގޮތް، ދުވާލަކު 1 ނަމާދު ކުރުން، ރާ ބޯލުން، ޑީޖޭއަށް ޖައްސާލުން ނުވާނެ މެދުމިނަކަށް. މީގެ އަނެއްކޮޅު ކަމުގައިވާ ފެންނަހާ މީހަކު ކާފަރުކޮށްފަ ގެއްލުން ދިނުން. މިހުރީ ހައްތަހާ ވެސް މެދުމިނާއި ޚިލާފު ބާތިލްގޮތް." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ޝެއިޚް ޒައިދު އަކީ އަބަދުވެސް ކަންކަމުގައި އޮންނަ އެންމެ ރަނގަޅުގޮތް މުޖުތަމަޢުގެ އަހުލުވެރިންނަށް އަންގައިދެވޭތޯ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މިގޮތުން ވިދާޅުވާ ނަސޭޙަތުގެ ބަސްފުޅުތަކަކީ ބައެއް ފަހަރު ބައެއް ފަރާތްތަކަށް ކަމުނުދާ ވާހަކަތަކަށްވެ ހިތަށް އެރިހާ އެއްޗެއް މިފަދަ ދީނީ އިލްމުވެރިންނަށް އަމާޒުކުރާތަން އާދެއެވެ. އެހެން ނަމަވެސް ހައްގުބަސް އިއްވުމަކީ އަދި ވިދާޅުވެދެއްވުމަކީ ކުރަންޖެހޭ ކަމެއް ކަމުން މިފަދަ އިލްމުވެރިން ފަހަތަށް ޖެހިވަޑައިނުގެން ހައްގުބަސް ބުނުމުގައި ކުރިޔަށް ވަޑައިގަންނަވައެވެ.