ހެކިނެތި މީހުންނާއި ބެހޭގޮތުން ދޮގުވާހަކަ ދެއްކުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އެހެން ނަމަވެސް އެ ޓްވީޓްގައި އެއީ ސީދާ ކޮން ކަމަކާއި ގުޅުވައިގެން ވިދާޅުވި އެއްޗެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
Heki nethi, dhogu vaahaka meehunney kiyaigen dhekkun eiy v dhashu dharajaige amaleh! Thimaa kithanme rulhi anna bayeh kamugai viyas dhogu hadhaigen thuhumath kuraakah nujeheyne! Mifadha nubai amal thah ehves beyfulhaku nuhingevumah v ihthiraamaa eku ilthimaas kuran.
— Ali Zaid (@alizaid1000) April 29, 2019
"ހެކިނެތި ދޮގުވާހަކަ މީހުންނޭ ކިޔައިގެން ދެއްކުން އެއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް! ތިމާ ކިތަންމެ ރުޅި އަންނަ ބައެއް ކަމުގައިވިޔަސް ދޮގު ހަދައިގެން ތުހުމަތު ކުރާކަށް ނުޖެހޭނެ!މިފަދަ ނުބައި ޢަމަލުތައް އެއްވެސް ބޭފުޅަކު ނުހިންގެވުމަށް ވަރަށް އިޙްތިރާމާއެކު އިލްތިމާސް ކުރަން." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ވަކި ކަމަކަށް އިޝާރާތް ކުރައްވާފައިނެތް ކަމުގައި ވިޔަސް މިއީ މިއަދު މި ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުންގެ ހަގީގަތްކަން ފާހަގަ ކުރެވެއެވެ. ތިމާ ހިތް ނޭދޭ މީހަކާއި ބެހޭގޮތުން ކިތަންމެ ބޮޑު ދޮގު ވާހަކައެއް ފަތުރަންވެސް ބައެއް ފަރާތްތަކުން ފަހެއް ނުޖެހޭނެއެވެ. އެމީހަކު ބަދުނާމު ކުރުމަށް ދައްކާފަ ނުދައްކާނެ ވާހަކައެއް ނޯވެއެވެ. މިފަދަ ފާފަވެރިވާނެ ފަދަ ކަންތަކުން އަޅުގަނޑުމެން އަރައިގަންނަން އެބަޖެހެއެވެ.