ތައްޔާރު ކުރެވޭނީ:
-45 މީޓް ބޯލްސް
ބޭނުންވާނެ ތަކެތި:
– 2 ބޮޑު ކޯލީފްލާވަރ (6 ޖޯޑު)
– 1/2 ޖޯޑު ހޯލް ރޯލްޑް އޯޓްސް
– 2 ލޮނުމެދު
– 1 ކުޑަ ފިޔާ ބޮޑުކޮށް ކޮށާފައި
– 1 ސައި ސަމުސާ ސްޕރިން އޮނިއަން ތުނިކޮށް ކޮށާފައި
– 1/2 1 ޖޯޑު ކައްކާފައި ހުރި ރަތް ހަނޑޫ
– 2 ފްލެކްސް އެގް (ތައްޔާރު ކުރާނެގޮތް ތިރީގައި)
– 1 ޖޯޑު ޕާން ކުނޑި
– 4 މޭޒުމަތީ ސަމުސާ އާދައިގެ ފުށް
– 1/2 1 ސައި ސަމުސާ ލޮނު
– ތެޔޮ (މީޓް ބޯލްސް ތެލުލާން ބޭނުންނަމަ) – ބޭނުންނަމަ އަވަނުން ފިހެލިއަސް އެންމެ ރަނގަޅު
ސޯސް:
– 1/3 ޖޯޑު ހޮއިސިން ސޯސް
– 6 މޭޒުމަތީ ސަމުސާ ވައިޓް ވިނެގަރ
– 6 މޭޒުމަތީ ސަމުސާ ކޮކޮނަޓް ޝުގަރ
– 2 މޭޒުމަތީ ސެސެމީ ތެޔޮ
– 3 މޭޒުމަތީ ސަމުސާ ފެން
– 2 މޭޒުމަތީ ސަމުސާ ކޯން ސްޓާރޗް + 4 ސައި ސަމުސާ ފެން އެއްކޮށްފައި
ތައްޔާރު ކުރާނެ ގޮތް:
1- ކޯލީ ފްލާވަރ ސްޓީމް އެހެން ނޫނީ ފެނު ކައްކާލާ (މާބޮޑަށް ނުކެއްކުމަށް ސަމާލުކަން ދޭންވާނެ)
2- ގްރައުންޑް ފްލެކްސް ސީޑްސްއާއި ފެން އެކޮށްލުމަށްފަހު ބޯ (10-5 މިނެޓު) ވަންދެން ބަހައްޓާލާ
3- ފުޑް ޕްރޮސެސަރ އަކުން ހަނޑޫ އެތިކޮޅު ވަރު ވަންދެން ކޯލީ ފްލާވަރ ހިމުންކޮށްލާ އަދި ބޮޑު ބޯތައްޓަކަށް އަޅާލާ
4- އޯޓްސް، ހަނޑޫ، ލޮނުމެދު އަދި ފިޔާވެސް ޕްރޮސެސްކޮށްލާ (ހަނޑޫ ހުންނަންވާނީ ތަތް ޕޭސްޓެއް ހެން، އަދި ދެންހުރި ތަކެތި ހަނޑޫ އެތިކޮޅުވަރަށް). ނިމުމުން ކޯލީ ފްލާވަރ ހުރި ބޯތައްޓަށް އަޅާލާ
5- ހުރިހާ އެއްޗެއް ފްލެކްސް އެގް، ސްޕްރިންގ އޮނިއަން، ޕާން ކުޑި އަދި ފުށާއި އެއްކޮށް ރަނގަޅަށް މޮޑެލާ.
6- ރަހަލާވަރަށް ލޮނު އަޅާ، ލޮނުރަހަ ހެޔޮވަރުކޮށްލާ
7- ތެލުލާނަމަ، ތަވައަކަށް ތެޔޮ އަޅައި ހޫނުކޮށްލާށެވެ. އަވަނުން ފިހޭނަމަ، 350 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކޮށްލާ
8- ކުޑަ ފެންފޮދަކުން އަތް ތެންމާލުމަށްފަހު 1.5 މޭޒުމަތީ ސަމުސާ އަށް ވާވަރަށް ގުޅަ ޖަހާލާ
9- ފިހެނީ ނަަމަ، ޓްރޭގައި ޕާރޗްމެންޓް ޕޭޕަރ އަޅައި އޭގައި ކުޑަ ތެޔޮ ފޮދެއް ހާކާލާ. ގުޅަތައް އެކަތި އަނެކައްޗަށް ތަތް ނުލަވާގޮތައް އެތުރުމަށްފަހު ގުޅަތަކަށް ކުޑަ ތެޔޮ ފޮދެއް ސްޕްރޭކޮށްލާ. 350 ޑިގްރީ ސެލްސިއަސްގައި ފިހޭނީ 40-30 މިނެޓު ވަންދެން. ގުޅައިގެ އެއްބައި ފިހެވުނީމާ އަނެއް ފުށަށް ޖަހަން ހަނދާން ބަހައްޓަންވާނެ.
10- ތެލުލަނީ ނަމަ، ތެލުލާނީ ފަހަރަކު 3-2 ގުޅަ ނުވަތަ ތަވާގެ ބޮޑު މިނަށް ބަލާފައި އެކަށީގެންވާ މިންވަރަކަށް. ތަނގަޅަށް ތެލުލެވުނީމާ ނަގާފައި ތެޔޮ ހިކޭނެހެން ޓިޝޫ ނުވަތަ ސްޓްރެއިނަރއެއްގައި ބަހައްޓާލާ
11- ސޯސް ތައްޔާރުކުރުމަށް، ކޯން ސްޓާޗް ފިޔަވައި ބާކީ ހުރި ތަކެތި ތަވައަކަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު މަޑު ގިނީގައި ބޮކި އަރަންދެން ކައްކާލާ. އެއަށްފަހު ކޯންސްޓާޗާއި ފެން އެޅުމަށް ފަހު ބޯވަންދެން ކައްކާލާ
12- ސޯސް ތައްޔާރުވުމުން ގުޅަތައް ސޯސްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށް، 3-2 މިނެޓުވަންދެން ކައްކާލާ.