ރަމަޟާން މަހަކީ އާއްމު ގޮތެއްގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާ މަހެކެވެ. އެގޮތުން ރޯދަ މަހާއި ގުޅުން ހުރި ކާބޯތަކެތީގެ އަގު އަތް ނުފޯރާ މިންވަރަށް ބޮޑުވެގެންދެއެވެ.
ރޯދަމަހުގެ ފުރަތަމަ ހަފްތާގައި އައްޑޫގެ ބާޒާރުގެ އަގުތަކަށް ބަލާއިރު ރޯދަމަހު އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތްކަމަށްވާ ކަރާ ކިލޯ އެއްގެ އަގު އުޅެނީ 25-30 ރުފިޔާ އާއި ދެމެދުއެވެ. މިފަހަރުގެ ރޯދައަށް މީދޫން ވަނީ އެކަށީގެންވާ މިންވަރަށް ކަރާ ހައްދާފައެވެ. މީދޫ ކޯޕަރޭޓިވްއިން އިން ބުނީ ރޯދަމަހަށް ބޭނުންވާ ވަރަށް ކަރާ ހައްދާފައިވާ ކަމަށެވެ
މި ރަމަޟާން މަހު މާރުކޭޓުގައި އެންމެ އަގުބޮޑު އެއްބާވަތްކަމަށްވާ މިރުސް ކިލޯއެއް 65 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ހުރި އިރު ރާއްޖޭގައި ހައްދާފައިވާ މިރުސް ކިލޯއެއްގެ އަގު ހުރީ 65 ރުފިޔާ އާއި 140 ރުފިޔާ އާއި ދެމެދު އަގެއްގައެވެ.
އައްޑޫގެ މާރުކޭޓުގެ އަގުތައް:
- މިރުސް ކިލޯއެއް (ބޭރު) 200-250 ރ
- މިރުސް ކިލޯއެއް (ރާއްޖެ) 140-65 ރ
- ލިނބޯ ކިލޯއެއް 45-80
- ފިޔާ ކިލޯއެއް 10 ރ
- ލޮނުމެދު ކިލޯއެއް 50-70
- އަލުވި ކިލޯއެއް 25
- ކެރޮޓް ކިލޯއެއް 20-80
- ކެބެޖު ކިލޯއެއް 65-60
- ޓޮމާޓޯ ކިލޯއެއް 50-65
- ބަރަބޯ ކިލޯއެއް 30-40
- ފަޅޯ ކިލޯއެއް 30-40
- ކާށި 7 ރ
- ކުރުބާ 10-15
- ކޮޕީ ފަަތް 20ރ އަށް 4 ފަތް
- ރަތް ދޮންކެޔޮ ކިލޯއެއް 30ރ
- ފުސް ކެޔޮ ކިލޯއެއް 35-45
- ސަންފާ ކެޔޮ ކިލޯއެއް 50ރ
- މާޅޮސްކެޔޮ ކިލޯއެއް 35 ރ
- ކިޔުކަމްބާ ކިލޯއެއް 40 ރ
- ބިސް 1.75 -2
- ލެޓިއުސް ކިލޯއެއް 80 ރ
- ކަންނެލި މަސް ކިލޯއެއް 30-35