ރާއްޖޭގެ އާބާދީއަށް ބަލާއިރު މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކުގެ އަދަދަކީ ކަންބޮޑުވުން ހުރި އަދަދުތަކެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ ވިދާޅުވީ، އެއް ދުވަހުން އަނެއް ދުވަހަށް ކުޑަކުދިންނާއި ގުޅުން ހުރި ތަފާތު އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެގެންދާކަން އެ މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައި ކަމަށާއި އަދި މައްސަލަތައް ރިޕޯޓްކުރުން އިތުރު ވެގެން ދަނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވާ މިންވަރު ވެސް އިތުރުވުމުންކަން ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ މިހާތަށް ކުޑަކުދިންނާ ގުޅުން ހުރި 740 މައްސަލައެއް މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަން ފާހަނގަ ކުރައްވައި އެކަމަނާ
ވިދާޅުވީ އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށާއި އެގޮތުން މިދިޔަ މާރޗް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައް ކަމަށެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މަސައްލަތަކުގެ 359 މައްސަލައެއް ހުށަހެޅިފައިވާ އިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ 105 މައްސަލަ މިދިޔަ މަހު ޖެންޑަރ އަށް ހުށައަޅާފައިވެއެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި 100 މަސައްލައެއް އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މަސައްލަތަކުގެ ގޮތުގައި 21 މައްސަލައެއް މިނިސްޓަރީ އަށް ހުށަހަޅާފައި ވެއެވެ.
ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ މަސައްލަތަކާއި، ޖިންސީ އަނިޔާ ކުރުމުގެ މަސްއލަތަކާއި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އާއިލީ މައްސަލަތަކުގެ ގޮތުގައި ހިމެނޭ ހަޟާނަތުގެ މައްސަލަތަކާއި ކުޑަކުދިން ބެލުމުގައި ދިމާވާ އެކިއެކި މައްސަލަތަކާއި އަދި ދަރިންގެ ޚަރަދު ނުދިނުމުގެ މައްސަލަތައް ވެސް ހުށަހެޅިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި އަސާސީ ހައްގުތައް، އެގޮތުން ސާފު ބޯފެނާއި ކަރަންޓުގެ ޚަދުމަތަށް ހުރަސް އެޅުން، ތައުލީމަށް ހުރަސް އެޅުން، އައިޑީ ކާޑާއި ޕާސްޕޯޓް އަދި އުފަންދުވަސްހުގެ ސެޓްފިކެޓް ހެއްދުމުގައި ދިމާވާ ހުރަސްތަކާއި އެކަން ކަމަށް ހުރަސްއެޅުމުން ތަފާތު މައްސަލަތައް ވެސް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓްރީ އަށް 2017 އަދި 2018 ވަނަ އަހަރު ޖުމްލަ ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު 2017 ވަނަ އަހަރު މިނިސްޓްރީއަށް ކުޑަކުދިންނާ ގުޅުން ހުރި 2880 މައަސްލައެއް މިނިސްޓްރީ ވަނީ ހުށަހެޅިފައެވެ.
މިނިސްޓަރ ވަނީ 2018 ވަނަ އަހަރު 2635 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަ ކުރައްވާފައެވެ.
ސިސްޓަމަށް ކުރެވޭ އިތުބާރު މީހުންގެ ތެރޭގައި ބޮޑުވެފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ރިޕޯޓް ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތުގެ ނަތީޖާ ފެންނަކަން ގަބުލު ކުރައްވާ ކަމަށެވެ.