އަލްހާން ފަހުމީ ދިވެހި އޮންލައިން ނޫހެއް ކަމަށްވާ މިހާރުގައި ލިޔެފައިވާ ލިޔުމަކަށް އިޝާރާތްކުރައްވާ އެއީ ހުސް ދެކޮޅު ނުޖެހޭ ވާހަކަތައް ކަމަށާއި ޝަރީޢަތުން މައްސަލަ ބަލާ ނިމުނީމަ ނިމުނީކަމަށް އަދި ދަޢުލަތަކީ ޚަޞްމެއް ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވާ މިގައުމަކީ "ގަބުރެއް" ނޫން ކަމަށާއި މިއީ ދިރިއޮތް ގައުމެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Nuvaane ehenei. Mi gaumakee "gaburei" noon. Mee dhiri dhri oi gaumei. Gadha meehaa gadhave , hithu hurithanei lootuvai vakkan nukureveyne. Dhaulathuge zimmaa eh Rayyithun ge mudhalaai faisaa himaayai kurumakee. https://t.co/oFonQ8KfDI
— Ali Nizar (@DhekunuNizar) May 21, 2019
"ނުވާނެ އެހެނެއް. މިގައުމަކީ "ގަބުރެއް" ނޫން، މިއީ ދިރިއޮތް ގައުމެއް. ގަދަމީހާ ގަދަވެ، ހިތުހުރިތަނެއް ލޫޓުވާ ވައްކަން ނުކުރެވޭނެ. ދައުލަތުގެ ޒިންމާއެއް ރައްޔިތުންގެ މުދަލާއި ފައިސާ ހިމާޔަތް ކުރުމަކީ" ނިޒާރު ވިދާޅުވިއެވެ.
އަލްހާން ކުރައްވާފައިވާ ޓްވީޓްގައިވަނީ " ހުސް ދެކޮޅުނުޖެހޭ ވާހަކަ! ޝަރީޢާތުން މައްސަލަ ބަލާ ނިމުނީމަ ނިމުނީ! ދައުލަތަކީ ޚަޞްމެއް! ބަންޑާރާ ނައިބުގެ މަސްއޫލިއްޔަތު އޮޅިއްޖެ! ކޮރަޕްޝަން ތަހުގީގު ކުރާނީ ކަމާބެހޭ މުއައްސަސާއިން!" މިފަދައިންނެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ ދީބާޖާގެ އެއްބަސްވުން އުވާލުމުން، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާގެ ގެއްލުން ވި ކަމުގެ ހެއްކާއި ގަރީނާއެއް ފެންނަން ނެތް ކަމަށާއި އެ އަދަދަކީ ދައުލަތަށް ބަލަދުއަރާ ފައިސާގެ ސައްހަ އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމާއި ގުޅިގެންނެވެ.