Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

އއ. އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އަޅަނީ

އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ކޮންގްރެސްގައި ރައީސް ސޯލިހު

އއ. އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާއިން ދިވެހި ސަރުކާރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އ.އ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ޝެންޓަރެއް އެޅުމަށް 7,806,900.00 ދިވެހި ރުފިޔާގެ ހިލޭ އެހީއެއް ދެއްވާފައިވާ ކަމަށެވެ.

އުކުޅަހުގައި ހެދުމަށް ނިންމާފައިވާ ކޮންވެންޝަން ސެންޓަރުގެ މަޤްސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުމެވެ.

މީގެ އިތުރުން މި ކޮންވެސްޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަޤްވާމީ ފެންވަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށެވެ. މިފަދަ ކޮންވެންޝަންތައް ސެންޓަރުތައް ރާއްޖޭގެ އަތޮޅުތަކުގައި މިހާރު ގާއިމް ކުރެވިފައި ނެތެވެ.

އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.