Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ޑަސްބިން އަދި ބެހެއްޓުނީ ދެ ދިމާލެއްގައި: ކައުންސިލް

މަރަދޫޫފޭދޫ ބީއެމްއެލް ބްރާންޗް ކުރިމަތީގައި ޑަސްބިނެެއް ބަހައްޓާފައި. ފޮޓޯ/ އައްޑޫ ލައިވް

އައްޑުއަކީ ސާފު ރީތި ސިޓީއަކަށް ހެދުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް ދެ ސަރަހައްދެއްގައި ކުނި އެޅުމަށް ޑަސްބިން ބަހައްޓާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ ޑަސްބިން މިހާރު ބެހެއްޓިފައި ހުންނާނީ މަރަދު އާއި މަރަދޫފޭދޫގައި ކަމަށެވެ. އެގޮތުން މަރަދޫ ބަނދަރު މަތީގައި ދެ ޑަސްބިން ބަހައްޓާފައިވާ އިރު މަރަދޫފޭދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް ކުރިމަތީގައި އެއް ޑަސްބިން ވަނީ ބަހައްޓާފަ އެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ދިމަދިމާލުގައި ޑަސްބިން ބެހެއްޓޭތޯ،" ޓޮމް ވިދާޅުވި އެވެ.

އައްޑު އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކައުންސިލުން ދާދި ފަހުން ވަނީ އައްޑޫގެ ކުނި މެނޭޖް ކުރާނެ ގޮތުގެ ޕްލޭނެެއް ހެދުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފަ އެވެ.