Last Updated: April 23, 17:43
Wednesday, April 23, 2025
ޚަބަރު

ދުރުން ބަޔަކު އައިސް ޕާޓީއަށް ގަދަވާން ޖާގަދީފިނަމަ އެއީ ޕާޓީގެ ނިމުމުގެ ފެށުން: ޑރ: ޝަހީމް

ދުރުން ބަޔަކު އައިސް އެ ޕާޓީއެއްގެ މައްޗަށް ގަދަވެ އެ ޕާޓީ (ޖަހައިގަންނަން) ޖާގަދީފިނަމަ އެއީ އެ ޕާޓީއެއްގެ ނިމުމުގެ ފެށުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

"ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އަސްލު ތަޞައްވަރު އޮންނާނީ އެ ޕާޓީއެއް ވުޖޫދުކުރާ ސިޔާސީ މުފައްކިރުންގެ ވިސްނުމުގައެވެ. ދުރުިން އެހެން ބަޔަކު އައިސް އެ ޕާޓީއެއްގެ މައްޗަށް ގަދަވެ އެޕާޓީ (ޖަހައިގަންނަން) ޖާގަދީފި ނަމަ އެއީ އެ ޕާޓީއެއްގެ ނިމުމުގެ ފެށުމެވެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ކުރެއްވި ޓްވީޓްގައި މިއީ ކޮން ޕާޓީއަކަށް ނިސްބަތްކުރައްވާ ނުވަތަ ކޮން ބަޔަކަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ވާހަކައެއް ކަމެއް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް އެނގޭ ކަމަކީ ވިދާޅުވެފައިވަނީ ވަރަށް ވެސް ބޮޑު ހަގީގަތެއްގެ ވާހަކަ ކަމެވެ.