މުޤައްރަރު ބަދަލުކޮށްގެން އިސްލާމް މުޤައްރަރުގައި އިތުރަށް ހިމަނައިގެން ވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ ސިފަ އަދި އޯގާތެރިކަން މުޖުތަމައުގައި ހަރުލައްވަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިކަން ކުރަންޖެހެނީ އަންނަންއޮތް ޖީލުތަކަށްޓަކައި ކަމަށެވެ.
Mugarraru badhalukoggen islam mugarraruga ithurah himanaigenves Ekaku anekakah ihthiram kurumuge sifa adhi ogaatherikan mujthamauga harulavvan ebajehey, annan oy jeeluthakattakai.
— Anara Naeem (@AnaraNaeem) May 25, 2019
"މުޤައްރަރު ބަދަލުކޮށްގެން އިސްލާމް މުޤައްރަރުގައި އިތުރަށް ހިމަނައިގެން ވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ ސިފަ އަދި އޯގާތެރިކަން މުޖުތަމައުގައި ހަރުލައްވަން އެބަޖެހޭ، އަންނަން އޮތް ޖީލުތަކަށްޓަކައި." އަނާރާ ވިދާޅުވިއެވެ.
ކޮންމެ ގޮތެއްވިޔަސް އެ ކަމަނާ އަލިއަޅުއްވާލައްވާފައި މިވަނީ މިއަދު މި މުޖުތަމަޢުން ފޮހެވެމުންދާ މުހިއްމު ކަމެއްގެ މައްޗަށެވެ. އިހްތިރާމަކީ ކޮންއެއްޗެއް ކަމެއް ސްކޫލްތަކުގައި ކިޔަވާ ކުޑަ ކުދިންނަށް ވެސް މިހާރު އެނގޭ ކަމަކަށް ނުވެއެވެ. މުޖުތަމަޢު ތެރޭގައި ފެންނަނީ ތަފާތު ފެންވަރުގެ މީހުންގެ ތެރޭގައިވެސް އެއްވެސް ވަރަކަށް މި ބުނެވޭ އިޙްތިރާމް ކުރަން ނޭނގިގެން އުޅޭ ތަނެވެ.
އެހެންކަމުން އަންނަންއޮތް ޖީލުތަކަށްޓަކައި އަނާރާ ވިދާޅުވި ފަދައިން ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްގެން ނަމަވެސް މިކަން އާލާ ކުރެވޭތޯ މަސައްކަތް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.