ކްރޮސްރޯޑްސް ޕްރޮޖެކްޓުން އެކަނިވެސް ރައީސް ޔާމީންގެ އިޤްދިޞޯދީ ސިޔާސަތުގެ ހަރުދަނާކަން ހާމަވެގެން އެބަދާ ކަމަށް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ އާދީއްތަ ދުވަހު ދިވެހި އޮންލައިން ނޫހެއް ކަމަށްވާ "މިހާރު"ގައި ކްރޮސްރޯޑްސްއާއި
ބެހޭގޮތުން ލިޔެފައިވާ ލިޔުމެއް ޝެއަރ ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
Mi Project in ekani ves RY ge iqthisoadhee siyaasathuge harudhanaa kamaa,Gaumuge kurimagah kuressevi thasveeruge furihama kamaa,vazeefaage baazaaru mussadhi kurahvan dhehvi is kan haamavegen eba dhey. Shukuriyyaa RY https://t.co/bNp49XO4Ee
— Abdul Raheem Abdulla (@Banafsaa) May 26, 2019
"މި ޕްރޮޖެކްޓްއިން އެކަނިވެސް ރައީސް ޔާމީންގެ އިޤްދިޞޯދީ ސިޔާސަތުގެ ހަރުދަނާކަމާއި، ޤައުމުގެ ކުރިމަގަށް ކުރެއްސެވި ތަސްވީރުގެ ފުރިހަމަކަމާއި، ވަޒީފާގެ ބާޒާރު މުއްސަނދި ކުރައްވަން ދެއްވި އިސްކަން ހާމަވެގެން އެބަދޭ. ޝުކުރިއްޔާ ރައީސް ޔާމީން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ކްރޮސްރޯޑްސް އަކީ އެނބޫދޫ ފިނޮޅުގައި ތަރައްގީކުރާ ހާއްސަ ސަރަހައްދެކެވެ. އެ ތަނުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމި، އަންނަ މަހު ހުޅުވާ އިރު އެތަނުގެ ފުރަތަމަ ދެ ރިސޯޓާއި މެރީނާ އިއްޔެ ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.