Last Updated: April 23, 17:21
Wednesday, April 23, 2025
ޚަބަރު

"ޒާތީ މަސްލަޙަތަށްވުރެ އާއްމު މަސްލަޙަތު އިސްކޮށް ކެތްތެރިވުން ބުއްދިވެރި"

ދެބަސްވެ އަރައިރުންވުމަކީ ނިކަމެތިކަމެއް ކަމަށާއި، ޒާތީ މަސްލަޙަތަށްވުރެ އާއްމު މަސްލަޙަތު އިސްކޮށް ކެތްތެރިވުން ބުއްދިވެރިކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ދެބަސްވެ އަރައިރުންވުމާއި ބެހޭގޮތުން ކީރިތި ޤުރުޢާނުގެ ސޫރަތުލް އަންފާލްގެ އާޔަތެއް އަދި އޭގެ މާނަ ޓްވީޓާގައި ހިއްސާ ކުރައްވާ މިއަދު އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ގަދަފަދަބާރެއް، ދެބަސްވެ އަރައިރުންވުމަކީ ނިކަމެތިކަމެއް، ޒާތީ މަސްލަޙަތައްވުރެ އާއްމު މަސްލަޙަތު އިސްކޮށް ކެއްތެރިވުން ބުއްދިވެރި، ކިބިރުވެރިވެ ބޮޑާވެގަތުމާކީ އިލާހީ ރަޙުމަތުން މަޙުރޫމުވެ ނިކަމެތިކަން ލިބޭނެކަމެއް، ﷲހެޔޮވިސްނުން ދެއްވާށި." ޝެއިޚް ވިދާޅުވިއެވެ.

މިއީ ސީދާ ވަކި ކަމަކަށް އިޝާރާތްކުރައްވާ ޝެއިޚް ވިދާޅުވި ވާހަކަފުޅެއް ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ.