އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ޖެހޭނީ ދައުލަތުން މަރުގެ އަދަބު ދޭން ކަމަށާއި އެކަން ހުއްޓޭނީ އޭރުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
Kuda kudhin feni, shahuvai ais, nubai amal thah hingaanee, haadhahaa nubai v maey! Efadha meehakee nubai shaithoaneh! Haggu adhab nudhee mujuthamau salaamatheh nuvaane! Ehjissun gulhun hingaa meehunnah jeheynee dhaulathun maruge adhab dheyn. Eyrun ekan hutteynee Insha Allah.
— Ali Zaid (@alizaid1000) May 27, 2019
" ކުޑަކުދިން ފެނި، ޝަހުވަތް އައިސް، ނުބައި އަމަލުތައް ހިންގަނީ، ހާދަހާ ނުބައިވީމައޭ! އެފަދަ މީހަކީ ނުބައި ޝައިތޯނެއް! ހައްގު އަދަބު ނުދީ މުޖުތަމައު ސަލާމަތެއް ނުވާނެ! އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ޖެހޭނީ ދައުލަތުން މަރުގެ އަދަބު ދޭން. އޭރުން އެކަން ހުއްޓޭނީ އިންޝާ ﷲ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިމިވަނީ ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކޮށްގެން އުމުރުން 19 އަހަރުގެ ފިރިހެނަކު ގަންހިންގަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނިކޮށެވެ. އޭނާގެ މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެވެ. އޭނާ އެ އަމަލު ހިންގާފައިވާ ކަމަށް އިޤުރާރުވާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.