ސިޔާސީ ހިޔާލު ތަފާތުވުމަކީ ކޮންމެހެން ހަނގުރާމަ ކުރަންޖެހޭ ކަމެއް ނޫންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
Siyaasee hiyaal thafaathu vumakee kommehen hanguraama kuran jehey kamei noon. Faidhaa huri hallu hoadhun ei emme molhu goi. MDP abadhu ekan ehen kurey. Mifaharu adhi maa molhu.
— Ali Nizar (@DhekunuNizar) May 27, 2019
"ސިޔާސީ ހިޔާލު ތަފާތުވުމަކީ ކޮންމެހެން ހަނގުރާމަ ކުރަންޖެހޭ ކަމެއް ނޫން. ފައިދާ ހުރި ހައްލު ހޯދުން އެއީ އެންމެ މޮޅު ގޮތް. އެމްޑީޕީ އަބަދު އެކަން އެހެން ކުރޭ. މިފަހަރު އަދި މާ މޮޅު." ނިޒާރު ވިދާޅުވިއެވެ.
މަޖިލީހަށް ރައީސެއް ހޮވުމާއިމެދު ހިޔާލު ތަފާތުވުންތަކެއް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އުފެދުމާއި ގުޅިގެން ގިނަ ބަޔަކު ދިޔައީ އޭގެ ފައިދާ ނެގުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ހީވެސް ނުކުރާ ގޮތަކަށް ރޭ ބޭއްވިގެން ދިޔަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން މަޖިލީހަށް ހުށަހެޅި 64 މެމްބަރުންގެ ތާއީދާއެކު ނަޝީދު ވަނީ އެ މަގާމަށް ހޮވާފައެވެ. އަދި ނައިބު ރައީސަކަށް ހަމަ އެވަރަށް ތާއީދާއެކު އީވާ އަބްދުﷲ ވަނީ ހޮވާފައެވެ.