ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ގައި ތިއްބަވާ ބޭފުޅުން ބަދަލުވުމަކުން ޖުޑީޝަރީ ގައި ހުރި ގިނަ މައްސަލަތަކަށް ޙައްލެއް ނުލިބޭނެކަމަށް ކުރީގެ ޑެޕިއުޓީ އޮޑިޓަރ ޖެނެރަލް އަދި މިހާރުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައިވާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގައި ހުންނަވާނެ މަޖްލިސް މެމްބަރެއްގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހިސާން އަށް މަޖްލިސްއިން ރުހުން ދީފައެވެ. އަދި މަޖްލިސްގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރުމާއި ގުޅިގެން ނަޝީދުވެސް ވަނީ މަޖްލިސްގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރަކަށް ވެވަޑައިގެންފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިއްބަވާ ބޭފުޅުން ބަދަލުވުމަކުން ޖުޑީޝަރީ ގައި ހުރި ގިނަ މައްސަލަތަކަށް ޙައްލެއް ނުލިބޭނެ. ޖުޑީޝަރީ އަށް ޙަޤީޤީ އިޞްލާޙު ގެނައުމަށްޓަކައި އެތަން ސިޔާސީ ނުފޫޒުން އެއްކިބާކުރަންޖެހޭ. މިކަން ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހޭ.
— Ahmed Usham (@a_usham) May 29, 2019
އުޝާމް ވިދާޅުވީ ޖުޑީޝަރީ އަށް ޙަޤީޤީ އިޞްލާޙު ގެނައުމަށްޓަކައި އެތަން ސިޔާސީ ނުފޫޒުން އެއްކިބާކުރަންޖެހޭކަމަށެވެ. އަދި މިކަން ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހޭކަމަށް އުޝާމް ވިދާޅުވިއެވެ.
"ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ތިއްބަވާ ބޭފުޅުން ބަދަލުވުމަކުން ޖުޑީޝަރީ ގައި ހުރި ގިނަ މައްސަލަތަކަށް ޙައްލެއް ނުލިބޭނެ. ޖުޑީޝަރީ އަށް ޙަޤީޤީ އިޞްލާޙު ގެނައުމަށްޓަކައި އެތަން ސިޔާސީ ނުފޫޒުން އެއްކިބާކުރަންޖެހޭ. މިކަން ކުރުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހޭ"
އުޝާމް ވިދާޅުވިއެވެ.
އުޝާމްގެ ވާހަކަތަކަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތާއިދުކޮށް ވާހަކަ ދައްކަމުންނެވެ. އެގޮތުން ބައެެއް މީހުން ބުނެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ގޮތުން ވާހަކަ ދައްކާއިރު އަދިވެސް ޖޭއެސްސީއަށް މީހުން ކަނޑައަޅަނީ ޕާޓީތަކުގެ މީހުން ކަމަށާއި، ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އެމްޑީޕީން މިފަހަރުގެ މަޖްލިސްއަށް އެކުލަވާލި ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމާއި ގުޅޭ ގޮތުންނެވެ. އެގޮތުން ޖުޑިޝަރީގެ ބެލެނި ފަރާތްކަމުގައިވާ ޖޭއެސްސީއަށް ބަދަލު ގެނައުމަށް ވަނީ ވަކާލާތުކޮށްފައެވެ.