Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

ކާށިދޫ ފަރަށް އެރި ތެޔޮބޯޓުގައި ހުރި ތެޔޮ އެހެން ބާޖަކަށް ނަގަނީ

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި އެސްޓިއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިގެ ތެޔޮ ބޯޓުގައި ހުރި ތެޔޮ އެހެން ބާޖަކަށް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ފިއުލް ސަޕްލައިން ބުނީ ފަރަށް އުރުނު ބޯޓުގައި ގިނަ އަދަދަކަށް ތެޔޮ ހުރި ކަމަށާއި ތެޔޮ އެހެން ބާޖަކަށް ހުސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެފްއެެސްގެ "މާތޮޅި" ކާށިދޫ ނެރުމައްޗަށް އުރިފައިވަނީ އިއްޔެ އިރު އޮއްސި 6:20 ހާއިރުއެވެ. އެވަގުތުން ފެށިގެން ބޯޓު ފުންކުރުމުގެ މަސައްކަތް އެފްއެމްއެސް އާއި އެމްޕީއެލްގެ ދެ ޓަގް ބޭނުންކޮށްގެން ދަނީ ކުރަމުންނެވެ. މި ބޯޓުގައި 180،000 ލީޓަރު ޑިސަލާއި، 27 ހާސް ލީޓަރުގެ ޕެޓްރޯލް ހުރި ކަމަށް ފިއުލް ސަޕްލައިން ބުނެއެވެ.

ބޯޓު ފަރަށް އުރުނު އިރު އޭގައި 6 ފަޅުވެރިން ތިބިއެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.