Last Updated: April 23, 11:55
Wednesday, April 23, 2025
ޚަބަރު

ހިތަދޫ އެޕޯލޯ ފިހާރައިގެ ތިޖޫރީ ވަގަށް ނަގައިފި

ރޭ ދަންވަރުގެ ވަގުތެއްގައި ސ. ހިތަދޫ އެޕޯލޯ ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ފިހާރައިގެ އޮފީސް ތެރޭގައި ހުރި ތިޖޫރީ ވަގަށް ނަގައިފިއެވެ.

މި މައްސަލަ މިއަދު ހެނދުނު 06:22ގައި ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ވަގަށް ނެގި ތިޖޫރީގެ ތެރޭގައި 1200 ޑޮލަރާއި 27،704 ރުފިޔާ ހުންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން މިހާރު ވަނީ ތިޖޫރީ ހޯދާފައެވެ. އެހެން ނަމަވެސް ފެނުނު އިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ.

މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.