އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަކަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުުރުމަށް 1.6 މެގަވޮޓްގެ އިންޖީނެެއްގެނެސް ކަރަންޓުދޭން ފަށައިފިކަމަށް ފެނަކައިން ބުނެފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން އަންނަ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ދެ މެގަވޮޓު އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ދޭތެރެ ދޭތެރެއިން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން ދިޔައެވެ.
މިކަމާގުޅިގެން ފެނަކައިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އައްޑޫސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ކަރަންޓަށް ދިމާވި މައްސަލަތައް ހައްލު ކުރުމަށް އައްޑޫއަށް ގެނައި 1.6 މެގަވޮޓުގެ އިންޖީން އިންސްޓޯލްކޮށްފައިވާކަމަށާއި، މި އިންޖީނުން 1.3 މެގަވޮޓްގެ ހައިލޯޑުގަ ކަރަންޓު މިހާރު ދެމުންދާކަމަށެވެ.
އައްޑޫ އަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން 20 މެގަވޮޓުގެ ޕަވަރ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެއެވެ. އަދި މިކަމަށް ކުރަންޖެހޭ ސާވޭތައް ކުރަމުން އަންނަކަމަށްވެސް ފެނަކައިން ބުނެއެވެ.
އައްޑޫގެ އިތުރުން ގއ. ދާންދޫގެ ކަރަންޓަށް ދިމާވަމުންދިޔަ މައްސަލަ ހައއްލުކުރުމަށް އެރަށަށް ގެންދެވުނު 200 ކިލޯވޮޓްގެ ގެންސެޓްވެސް އިންސްޓޯލްކޮށް ކަރަންޓް ދެމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި ގއ. ވިލިނގިލީ ޕަވަރ ހައުސްއިން 800 ކިލޯ ވޮޓްގެ އިންޖީނަަކަށް ލިބުނު ގެއްލުމާއި ގުޅިގެން ދިމާވި ކަރަންޓުގެ މައްސަލައަށް ހައްލުކުރުމަށް އެރަށަށް ގެންދިޔަ 1 މެގަވޮޓްގެ އިންޖީން އިންސްޓޯލްކޮށް ކަރަންޓު ދެމުންދާކަމަށްވެސް ފެނަކައިން ބުނެއެވެ.
.
.