އެއްވެސް މުސްލިމަކު އެހެން ދީނެއްގެ އަޅުކަމުގައި އެއްވެސް ސިފައެއްގައި ޝާމިލްވުން ހުއްދައެއް ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ އެ ބޭފުޅާ ކުރެއްވި ޓްވީޓްގައި ވަނީ އެހެން ދީންތަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެހެން ދީންތަކުގެ އަޅުކަމުގައި މުސްލިމުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.
Ehves Muslimaku, ehen dheeneh ge alhukameh gai ehves sifaeh gai shaamil vun huhdha eh noon. Ghairu muslimunnah ves ihthiraam kuran vaane. Ekam emeehun ge dheenee alhukankamugai baiveri nuveveyne muslimunnakah. Neyngi mifadha amaleh kurevunu meehakah faafaeh neh insha Allah.
— Ali Zaid (@alizaid1000) June 16, 2019
"އެއްވެސް މުސްލިމަކު އެހެން ދީނެއްގެ އަޅުކަމެއްގައި އެއްވެސް ސިފައެއްގައި ޝާމިލްވުން ހުއްދައެއް ނޫން. ޣައިރު މުސްލިމުންނަށް ވެސް އިހްތިރާމް ކުރަންވާނެ. އެކަމަކު އެމީހުންގެ ދީނީ އަޅުކަންކަމުގައި ބައިވެރި ނުވެވޭނެ މުސްލިމުންނަކަށް. ނޭނގި މިފަދަ އަމަލެއް ކުރެވުނު މީހަކަށް ފާފައެއް ނެތް އިންޝާﷲ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
މިއީ އަލިއަޅުއްވާލަން ވަރަށް ރަނގަޅު ވާހަކައެވެ. ރާއްޖެއިން ބޭރުގައި އުޅުއްވާ އަދި ޒިޔާރަތް ކުރައްވާ ބައެއް ފަރާތްތަކުން ވެސް އެކުގައި އުޅޭ ޣައިރު މުސްލިމުންނަށް އިހްތިރާމް ކުރަން ކަމަށްބުނެ އެމީހުންނާއި އެކު ބުދު ފައްޅިތަކަށްވަދެ ކުރާ އަޅުކަންތަކުގައި މަދުން ނަމަވެސް ކޮންމެވެސް ސިފައެއްގައި ބައިވެރިވާ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. މިއީ އަސްލު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންތަކެއް ނޫނެވެ.