Last Updated: November 26, 16:59
Tuesday, November 26, 2024
ޚަބަރު

މަހަށް ގޮސް އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ރާއްޖޭގެ މަސްވެރިންތަކެއް - ފޮޓޯ: ބީޗް ހެވަން މޯލްޑިވްސް

އދ. މާމެންދޫ ހުޅަނގު ބޭރުގައި މަހަށް ގޮސް އުޅުނު ދޯންޏެއްގައި މަސް ބާނަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުން އެމީހާއަށް އެހީތެރިވާން ފަށައިފިއެވެ.

ބުޅި ހެރުނީ، މަހަށް ގޮސް އުޅުނު "ދިރާސާ" ނަމަކަށް ކިޔާ މިދޯނީގައި މަސްވެރިކަން ކުރާ ފ. ފީއައްޔަށް ނިސްބަތްވާ 57 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށެވެ. އެމްއެންޑީއެފުން މިހާރު އަންނަނީ އެމީހާ ކޯސްޓު ގާޑު މެދުވެރިކޮށް ވީހާވެސް އަވަހަށް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 9:47 އެހާކަށްހާއިރު ކަމަށް ދިފާއީ ބާރުން މައުލޫމާތު ދެއެވެ.