މިހާރު މީޑިއާ ގްރޫޕްގެ އެންމެ ހަގު މެމްބަރ ކަމުގައިވާ "ދި އެޑިޝަން"ގެ އައްޑޫއަށް ނިސްބަތްވާ މުޅިން އަންހެން ނޫސްވެރިން ހިމެނޭ މީޑިއާ ކްރޫއެއް އައްޑޫގައި ހަރަކާތްތެރިވެއްޖެއެވެ. ޖުމްލަ 5 މެމްބަރުން ހިމެނޭ މިކްރޫ އަައްޑޫގައި ހަރަކާތްތެރި ވެފައިވަނީ އައްޑޫގެ ޓޫރިޒަމް، ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ޚިދުމަތްތައް ދޭފަރާތްތައް ޕްރޮމޯޓްކުރުމަށެވެ.
މީގެ އިތުރުން މި ޓީމުން ވަނީ އައްޑޫގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫގެ ވާހަކަތަކާއި ރިޕޯޓްތަކުގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ނެގުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
'ދި އެޑިޝަން' ގެ އެޑިޓަރއަކީ ، ސ. މީދޫ، ހަސަންކައިރިގެއަށް ނިސްބަތްވާ އާމިނަތު ރާއިއާ މުނައްވަރު (ރާއި)އެވެ. ދި އެޑިޝަންގެ އައްޑޫ ދަތުރާއި ގުޅޭ ގޮތުން ރާއި ވިދާޅުވީ މިދަތުރުގެ ތަޖުރިބާ 'ދި އެޑިޝަން'ގެ ވެބްސައިޓްގައި ޝާއިރުކުރެވޭނީ މައިގަނޑު 6 ވާހަކައަކަށް ބިނާކޮށް ކަމަށެވެ. އަދި މިވާހަކަތަކުގެ ވީޑިއޯ ކަވަރޭޖްވެސް ހިމެނޭނެކަމަށެވެ.
ރަށު ކުދިންގެ ގަލަމުން ރަށުގެ ވާހަކަ ކިޔައިދެވުމުގެ ހާއްސަކަމަށް އިޝާރަތް ކުރައްވާ ރާއި ވިދާޅުވީ، "އެކި ރަށްރަށަށް ނިސްބަތްވޭ 'އެޑިޝަން'ގެ ޖާނަލިސްޓުންނަށް މިރަށްތަކި ތަފާތުކަމާއި ހާއްސަކަން ތަޖުރިބާ ކެޑުމުގެ ފުރުސަތު ލިބެނެ، އެކުދިންގެ ގަލަމުން އެވާހަކަތައް އާންމުންނަށާއި ރާއްޖެއިން ބޭރުގެ ކިޔުންތެރިންނާއި ހިއްސާ ކެރާށުން" ނެވެ.
"މީގެ ތެރެއިން އެންމެ ތަފްސީލީ ސެގްމެންޓަކީ 'އައިލް ބީ ވިސިޓިންގް' ކިޔާ ސެގްމެންޓެއް"، ދަތުރުގެ އެންމެ ހާއްސަ ކަވަރޭޖަށް ރާއި އަލިއަޅުވާލެއްވިއެވެ. "މިކަމިތެރެއިން އެންމެ ތަފްސީލުކޮށް ރަށި ވާހަކަ ގިނާސްދޭނެއި 'އައިލް ބީ ވިސިޓިންގް' އެހެން ކޭ ސެގްމެންޓްއަކި ދަށުން. މިވާހަކަތައް ގިނާސްދޭނެއި މިއަހަރާއި، މިއޭއަހަރި އެތެރެ"، ރާއި ތަފްސީލުކޮށްދެއްވިއެވެ.
ރާއިގެ އިތުރުން، މިޓީމުގައި ހިމެނޭ ބައިވެރިންގެ ތެރޭގައި، ސީނިއަރ ޖާނަލިސްޓް، ސ. ހިތަދޫ، ކިނބިމާގޭ ނަފާހަތު އިބްރާހީމް؛ ލީޑް ވީޑިއޯގްރާފަރ، ސ. ހިތަދޫ، ދެތަނޑިމާގޭ ޙައްވާ އަމާނީ ޢަބްދުالله؛ ގްރެފިކްސް އާޓިސްޓް، ދ. މީދޫ، ފިނިވާގޭ ޖައުނާ ނާފިޒް؛ އަދި އެސިސްޓަންޓް އެޑިޓަރ، މާލެ، ޕަރކަރގޭ ފާތިމަތު ޝާހުނާޒް ހިމެނެއެވެ.
އައްޑޫގެ މިދަތުރަކީ 'ދި އެޑިޝަން' ގެ 'އައިލް ބީ ވިސިޓިންގް' ސެގްމެންޓުގެ 6 ވަނަ ދަތުރެވެ. މީގެ ކުރިން އދ. ދިގުރަށް، ޏ. ފުވައްމުލައް، ލ. ގަން، ކ. ގުރައިދޫ، ބ. ގޮއިފުޅަފެހެންދޫ އަދި ހދ. ހަނިމާދޫއަށް ދަތުރުކޮށް، ދަތުރުތަކާ ގުޅޭ ހާއްސަ އެކި ލިޔުންތަކާއި ވީޑިއޯ މި ޓީމުން ވަނީ ކިޔުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.
މި ޓީމްގެ އައްޑޫ ދަތުރު ހަމަޖެހުނީ މޯލްޑިވިއަން އެއަރލައިންގެ އެހީތެރިކަމާއެކުގައެވެ. އަދި ދަރުތު ހޭދަކުރަމުން ދިޔައީ ކެނެރީފް ރިސޯޓް އަދި ޕެބްލްސް ގެސްޓްހައުސް އާއި ގުޅިގެންނެވެ.