އިނގިރޭސި ޕްރެމިއާލީގް ގައި ރޭ މަންޗެސްޓަރ ޔުނައިޓެޑް އާއި ވިގަން އާއި ބައްދަލު ކުރި މެޗް 4-0 އިން މަންޗެސްޓައިން ކާމިޔާބުކޮށްފިއެވެ.
ވިގަންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެކްސިކޯގެ ފޯވަރޑް ހެނާންޑޭޒްއެވެ.
މަންޗެސްޓަރގެ ދެވަނަ ލަނޑު މެޗްގެ 43 ވަނަ މިނިޓްގައި ޖަހައިދިނީ ވެންޕާސީއެވެ. ވިގަންގެ ޑިފެންޑަރ އިވަން ރަމިސް އަތުން ނައްޓާލުމަށް ފަހު ވެންޕާސީ ބޯޅަ ފޮނުވާލީ ގޯލުގެ ކަނާފަރާތު މަތީ ކަނަށެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 15 ވަނަ ލަނޑެވެ. މަންޗެސްޓަރގެ ތިންވަނަ ލަނޑު މެޗްގެ 63 ވަނަ މިނިޓްގައި ހެނާންޑޭޒް ކާމިޔާބު ކުރި އިރު ފަހު ލަނޑު ވެމްޕާރސީ ކާމިޔާބް ކޮށް ދިނީ މެޗްގެ 88 ވަނަ މިނިޓްގައިއެވެ. މި ނަތީޖާ އާއި އެކު މަންޗެސްޓަރ ވަނީ 21 މެޗް ކުޅެ 52 ޕޮއިންޓާޢި އެކު ތާވަލްގެ އެއްވަނާގައިއެވެ.
ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާ އިރު ތާވަލްގެ ދެވަނާގައި އޮތް މަންޗެސްޓަރ ސިޓީ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 3-0 ގެ ނަތީޖާ އަކުން މޮޅުވެފައިއެވެ. ސިޓީގެ ފުރަތަމަ ގޯލް މެޗްގެ 43 ވަނަ މިނިތްގައި ޒަމްބެލެޓާ ކާމިޔާބް ކޮށްދިން އިރު ދެވަނަ ލަނޑު މެޗްގެ 56 ވަނަ މިނިޓްގައި އެޑެން ޒެކޯ ކާމިޔާބް ކުރި އިރު ފަހު ލަނޑު ޕެނަލްޓީއަކުން 74 ވަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ އަގުއޭރޯއެވެ. ސިޓީ ވަނީ 45 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނާގައިއެވެ.
އާސެނަލް އާއި ސައުތަންޕްޓަން ބައްދަލު ކުރި މެޗް ވަނީ 1-1 ލަނޑުން އެއްވަރުވެފައިއެވެ. އަދި ވެސްޓް ބޮރޮމް އާއި ފުލަމް ބައްދަލު ކުރި މެޗް 2-1 ލަނޑުން ފުލަމް ކާމިޔާބް ކުރި އިރު ސްވެންސިޓީ އެސްޓަންވިލާ މެޗް 2-2ން ވަނީ އެއްވަރުވެފައިއެވެ.
އަނެއްކޮޅުން ޓޮޓެމްހަމް އާއި ރެޑިން ބައްދަލު ކުރި މެޗް 3-1 ލަނޑުން ކާމިޔާބް ކުރީ ޓޮޓަންހަމް އެވެ. ވެސްޓްހަމް އާއި ނޯވިޗް ސިޓީ ބައްދަލު ކުރި މެޗް ވެސްޓް ހަމް ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.