Last Updated: November 26, 15:16
Tuesday, November 26, 2024
ވިޔަފާރި

އެމްއެމްޕީއާރުސީން މެލޭޝިޔާގައި ރާއްޖެ އިޝްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ ފުރަތަމަ ފެއާ، މެލޭޝިޔާގައި ބޭއްވުމަށް ނިންމައިފިއެވެ.

މިމަހުގެ 5-7 އަށް މެލެޝިޔާގައި ބާއްވާ "ވިސިޓް މޯލްޑިވްސް 2019" އައިއޯއައި މޯލް ޕުތްރަޖާޔާގަ ކުރިއަށްދާނެއެވެ. ފެއާގައި ބައިވެރިވެ ރާއްޖެއަށް ދިއުމަށް ޓިކެޓް ބުކް ކުރާ ފަރާތްތަކަށް 20 ޕަސެންޓު ޑިސްކައުންޓު ދިނުމަށް އެއާ އޭޝިޔާއިން ވަނީ ނިންމާފައެވެ.

މެލެޝިޔާގެ މާކެޓާއި ސައުތް އީސްޓް އޭޝިޔާއަށް ޓާގެޓުކޮށް ބާއްވާ މިފެއާގައި ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ ޓޫރިޒަމް ދާއިރާއާ ގުޅޭ 17 ކުންފުންޏަކުން ބައިވެރިވެއެވެ. ރިސޯޓްތައް މީގެ ތެރޭގައި ގިނައިރު ގެސްޓު ހައުސްތަކާއި ޓުއާ އޮޕަރޭޓަރުން އަދި ޓްރެވެލް އޭޖެންޓުން ވެސް ބައިވެރިވެފައިވެއެވެ.

ސައުތް އީސްޓް އޭޝިޔާގެ މާކެޓަށް ރާއްޖެ އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ މިފެއާ ހުޅުއްވައި ދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބާއި އެއާ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫ އަދި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ވިސާމް އަލީއެވެ.