ކ. މާފުށީގައި ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބޭކަމަށް ބުނެ އެރަށުގެ ބަޔަކު މުޒާހަރާކޮށްފިއެވެ.
މުޒާހަރާ ކޮށްފައި މިވަނީ ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ފައިސާ ދައްކާ އެއްރަށް ނަމަވެސް، އެރަށުގެ ސިއްހީ ނިޒާމް ދަށު ދަރަޖައެއްގައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވަތީ އެވެ. އެގޮތުން ސިއްހީ ފަރުވާދޭނެ އެކަށީގެންވާ ސާމާނު އެރަށުގައި ނެތްކަން އެރަށުމީހުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އެމީހުން ވަނީ އެއީ ރާއްޖޭގެ މައި ޖަލު ހުންނަ ރަށަށްވީ ނަމަވެސް ކުއްލި ހާލަތުގައި ވެސް އެރަށުގައި ގައިދީންނަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި އެކަން ހައްލު ކުރުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކޮށްދީފައިނުވާކަން ވެސް އެމީހުން ވަނީ ފާހަގަ ކޮށްފައެވެ.
މުޒާހަރާއަށް ނުކުތް މީހުން ބުނެފައި ވަނީ އެރަށަކީ ސިއްޚީ މަރުކަޒަކަށްވުރެ ބޮޑަށް ރަނގަޅު ފެންވަރުގެ ސިއްޚީ ފަރުވާ ދެވޭނެ ފަދަ ހޮސްޕިޓަލެއް ބޭނުންވާ ރަށެއް ކަމަށް ބުނެފައެވެ.