އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ނަރުދަމާގެ މަސައްކަތް މުޅިން ނިންމައި ސެޕްޓެމްބަރު މަހު ހިދުމަތް ދެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިހެން ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ފެނަކަ އާއި އެމްޑަބްލިއުއެސްސީގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
Ministry of Environment aai Fenaka adhi MWSC ge faraathun miadhu Councillaa bahdhalukurahvaifi. Mi mibahdhaluvumugai Addu ge gulhifeivaa rahthakuge narudhamaage masahkaiy mulhin nimi September mahu khidhumaiy dheveyne kamah ministry in mauloomaathu dhevvevi pic.twitter.com/YXkRGZgpiw
— Addu City Council (@AdduCityCouncil) July 9, 2019
އައްޑޫގެ ނަރުދަމާގެ މަސައްކަތަކީ ރައީސް ނަޝީދުގެ ސަރުކާރުގައި 2009 ވަނަ އަހަރު ފެށި މަސައްކަތަކެވެ. ނަމަވެސް އެވެރިކަން ނިމުނު ފަހުން ހަތް އަހަރުވެގެންދާއިރު ވެސް އައްޑޫގެ ނަރުދަމާ ވިއުގައިގެ މަސައްކަތް ނިމި ރައްޔިތުންނަށް ހިދްމަތް ދެވޭވަރު ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ފަސް އަހަރުތެރޭ އައްޑޫ އަށް ގިނަ ކަންތައްތަކެއް ވައުދުވެފައިވާއިރު އޭގެތެރޭގައި އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި އަދި މިހާރު ހުރި މަގުތައް މަރާމާތުކޮށް ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުން ހިމެނެއެވެ.
މި އަހަރު އެކަނި ވެސް އަައްޑޫ ތަރައްގީއަށް 470 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައެޅިފައިވެއެވެ.