Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އައްޑޫގެ ތިން ކައުންސިލަރަކު ތަޖުރިބާ ދަތުރެއްގައި ޗައިނާ އަށް

އައްޑޫ ސިޓީ ކައުންސިލަރުން ތަޖުރިބާ ދަތުރެއްގައި ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.

ލޯކަލް ގަވަރނަމެންޓް އޮތޯރިޓީ (އެލްޖިއޭ) އާއި ޗައިނާ މެދުވެރިވެގެން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަމާޒުކޮށްގެން ރޭވިގެން ދިޔަ މި ދަތުރުގައި އައްޑޫސިޓީގެ 3 ކައުންސިލަރުން ވަނީ ބައިވެރި ވެފައިއެވެ.

ޖުމްލަ 18 ދުވަހުގެ މި ދަތުރުގެ ބައިވެރިންގެ ކެއުމުގެ ޙަރަދުތަކާއި ހުރުމުގެ ހަރަދުތައް ޗައިނާ އިން ހަމަޖައްސައިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މި ދަތުރުގައި ބައިވެރިވެފައިވަނީ އައްޑޫސިޓީ މެދު ދައިރާގެ ކައުންސިލަރ ޖަމްޝީދާ މުހައްމަދު އާއި މަރަދޫގެ ކައުންސިލަރ ފައިސަލް އިބްރާހިމް އަދި އައްޑޫ ސިޓީ މީދު ކައުންސިލަރ ހުސައިން ހިޔާޟް އެވެ.