Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އާއްމުކޮށް ނުފެންނަ އުދުހޭ މަހެއް ރާއްޖެއިން ބާނައިފި

ޢާއްމުކޮށް ނުބޭނޭ ވައްތަރެއްގެ ހިތްގައިމު އުދުހޭ މަހެއް ރާއްޖޭގެ މަސްވެރިން ބާނައިފިއެވެ.

ދިވެހި މަސްވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންއަންނަ “ދިވެހި މަސްވެރިން” ޓްވިޓަރ އެކައުންޓުން މިއަދު ވަނީ މި ތަފާތު އާއްމުކޮށް ނުފެންނަ މަހުގެ ފޮޓޯ އާއްމުކޮށްފައެވެ.

މިއަދު ދިވެހި މަސްވެރިން ބާނާފައިވަނީ “ފްލައިން ގާނެޑް” އާއިލާ އަށް ނިސްބަތްވާ މަހެކެވެ. މި އާއިލާއަށް ނިސްބަތްވާ މަސްތަކަކީ ދޫނީގެ ފިޔަ ހުންނަ ގޮތައް ކޮތަރި ހުންނަ މަހެކެވެ.

އެންމެ ގިނައިން އެޓްލާންޓިކް ކަނޑުން ފެންނަ “ފްލައިން ގާނެޑް” އާއިލާގެ މަސްތަކަކަކީ ކަނޑުގެ ހޫނު ސަރަހައްދުތަކުގައި އުޅޭ ބާވަތެކެވެ. މި މަސް 20 އިންޗިއަށް ބޮޑުވާކަމަށް ރެކޯޑްތަކުން ދައްކާއިރު، އެންމެ ބަރު މިބާވަތުގެ މަހުގައި ހުންނާނެކަމަށް ލަފާކުރަނީ 1.8 ކިލޯއެވެ.

މި ފަހަކަށް އައިސް ރާއްޖެ ސަރަހައްދުން ތަފާތު ބާވަތްތަކުގެ މަސްތައް ފެންނަ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.