ހިތަދޫގައި އަޅަމުންދާ ޓާޝަރީ ހޮސްޕިޓަލްގެ ނަމަކީ "އިކުއިޓޯރިއަލް ހޮސްޕިޓަލް" ކަމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ކޮންވެންޝަން ސެންޓަރުގައި ހަދަމުންދާ އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ ނަން "އިކުއިޓޯރިއަލް ހޮސްޕިޓަލް"ގެ ނަން ދިނުމަށް ނިންމީ ރައްޔިތުންގެ ހިޔާލަށް ހުޅުވާލައި ރައްޔިތުންގެ ފަރާތުން ލިބުނު ތަރްހީބާއި އެކުކަމަށެވެ. ސޯބެ ވިދާޅުވީ ހޮސްޕިޓަލްގެ ނަން ކައުންސިލުން ފާސްކޮށް މިހާރު ހެލްތު މިނިސްްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި އިމާރާތްކުރި ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލުމަށްފަހު ހަދާފައިވާ މި ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް ކައުންސިލުން ރައްޔިތުންގެ ވޯޓަށް ހުޅުވާލިއެވެ. ކައުންސިލުން ވަނީ ހޮސްޕިޓަލަށް ކިޔަން ފެންނަ ތިން ނަމެއް ހުށަހަޅާފައެެވެ. އެއީ ސުވަދީވް ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލްގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ނަމެވެ.
މި ތިން ނަމުގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ ސުވަދީވް ހޮސްޕިޓަލްގެ ނަން ކިއުމަށް ސޯޝަލް މީޑިއާގައި ވަކާލާތުކޮށްފައެވެ.
ސުވަދީވް އަކީ އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރު މައި ސަރުކާރުން ދެކުނުގެ ތިން އަތޮޅުގެ ރައްޔިތުންނާއި މެދު އިހްމާލު ވުމާއި ގުޅިގެން އޭރު އުފެއްދި ވަކި ސަރުކާރަށް ދީފައިވާ ނަމެކެވެ. މިއީ ބައެއް ދެކުނުގފެ ރައްޔިތުން ފަހުރުވެރިވާ ނަމެކެވެ.