"ފްލައި މީ އައްޑޫ ފުޓްސަލް ޗެލެންޖް 2013" ގެ ގްރޫޕް އޭ ގައި ރޭ ގޯދިއްޔާ އާއި މަރަދޫ އެސްއެމްޓީ ބައްދަލު ކުރި މެޗް 1-1 ލަނޑުން އެއްވަރު ވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ދި ފޭދޫ ސްޕޯޓްސް 5-1 ލަނޑުން ބަލިކޮށް ތާވަލްގެ އެއްވަނާގައި އޮތް ގޯދިއްޔާގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައި ދިނީ ހަސަން ޝިއުސް އެވެ. އެސް އެމްޓީގެ ލަނޑު އެ ޓީމަށް ކާމިޔާބްކޮށްދިނީ ފަތުހުﷲ މުފީދު (އެއްޅޯ) އެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކީ ގޯދިއްޔާގެ ހަސަން ޝިއުސް (ބުއްލީ) އެވެ.
ގްރޫޕްގެ ދެވަނަ މެޗްގައި ދި ފޭދޫ ސްޕޯޓްސް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ޓީމް ބައްދަލު ކުރި މެޗް 1-5 ލަނޑުން ކާމިޔާބް ކުރީ ދި ފޭދޫ ސްޕޯޓްސް އެވެ.
މުބަރާތް ހުޅުވި މެޗްގައި ބޮޑު ތަފާތަކުން ބަލިވި ފޭދޫ ސްޕޯޓްސް އިން ވަނީ މޮޅަށް ކުޅެ ޖީއައިއޭގެ ގޯލަށް ބާރު ބޮޑުކޮށްފަ އެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކީ ދި ފޭދޫ ސްޕޮޓްސްގެ ހަސަން ހާޒިގް އެވެ.
މުބާރާތުގައި މިރޭ ގްރޫޕްބީގެ ދެމެޗް ކުޅޭނެއެވެ. އެގޮތުން 9 ޖަހާއިރު ފަށާ މުރަތަމަ މެޗްގައި ބައްދަލު ކުރާނީ ހިތަދޫ ޔަޝީ އަދި މަލްޓީ ޖީނިއަސް ސިޓީ އެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޔަންގް މެޖެންޓާ އަދި ހޫރު ޝަހަރު އެވެ.