އައްޑޫގައި މިހާރު ކުރިއަށްދާ ޔުއެފާ އެސިސްޓް 15 އަހަރުންދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް މިއަދު ހަވީރު ބައްދަލު ކުރާނި ބޫޓާން އާއި ލެޓްވިއާ އެވެ.
ބައިނަލްއަޤުވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ބޫޓާން އިން ޖާގަ ހޯދާފައިވާއިރު، ލެޓްވިއާ ވަނީ ކުޅުނު 3 މެޗް އިންވެސް މޮޅުވެ 9 ޕޮއިންޓުން ކުރިހޯދާފައެވެ.
މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ލެޓްވިއާގެ ކޯޗް ބުނީ ޕެނަލްޓީ އަކަށްދާން ބޭނުންނޫންކަމަށެވެ.ބޫޓާން ކުޅުންތެރިންނަކީ އިސްކޮޅުން ކުރުކޮށް ތިބިނަމަވެސް ވަރަށް ހަލުވި ކުޅުންތެރިން ކަަމަށްވެސް ކޯޗް ފާހަނގަކުރިއެވެ.މީގެ އިތުރުން ބުޓާންގެ ކޯޗް ބުނީ ލެޓްވިއާ ޓީމްއަކީ ވަރުގަދަ ބިޔަ ކުޅުންތެރިން ތިބޭ ޓީމަކަށް ވުމުން ފިޒިކަލީ އެޓީމުގެ ކުޅުންތެރިން މޮޅުވާނެކަމަށެވެ.
މިއަދު ހަވީރު ކުޅެވިގެންދާ ފައިނަލް މެޗް ކުޅޭނީ 16:00 ގައި އައްޑޫ ސްޓޭޑިއަމްގައިއެވެ.