ސ. މަރަދޫން ދިރިއުޅުމަށް 30 ގޯތި ދޫކުރުމަށް ނިންމައި ކައުންސިލުން އިއްލާންކޮށްފިއެވެ.
ކައުންސިލުން މިއަދު ކުރި އިއްލާނެއްގައި ބުނެފައިވަނީ މަރަދޫން ދިރިއުޅުމަށް 1500 އަކަ ފޫޓުގެ 30 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކޮށް، އަންނަ 29 އޮގަސްޓް 2019 ވަނަ ދުވަހު ކައުންސިލް އިދާރާއަށް ނުވަތަ މަރަދޫ އޮފީހަށް ފޯމު ހުށަހަޅަން ޖެހޭ ކަމަށެވެ.
ގޯއްޗަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭ އިރު މި ފޯމު މަރަދޫ އަދި އަވަށު އޮފީސްތަކުން ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ވަނީ ހުޅުދޫ އަދި މީދޫން ބިން ދޫކުރުމަށްވެސް އިއްލާން ކޮށްފައެވެ.