ގެއްލިގެން ހޯދާތާ 30 ގަޑިއިރު ފަހުން އިންޑިއާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ ކެފޭ ކޮފީ ޑޭއިގެ ފައުންޑަރ، ވީޖީ ސިދާރތާ މަރުވެފައި އޮށްވާ ފެނިއްޖެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހޮއިގެ ބާޒާރާ ދިމާލުން ނެތުރަވަތި ކޯރުގައި އޮށްވާ، ހަވީރު 6:30ގެ ތެރޭގައެވެ. މިކޯރަކީ ބެންގަލުރާއި 350 ކިލޯމީޓަރު ދުރުގައި އޮންނަ މަންގަލުރުކައިރިންނެވެ.
އޭނާ މަރުވާން ދިމާވި ސަބަބު ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، ޕޯސްޓް މޯރޓެމްއެއް ހެދުމަށް އޭނާގެ ހަށިގަނޑު މިހާރު ދަނީ އެޤައުމުގެ ވެންލޮކް ހޮސްޕިޓަލަށް ގެނދިއުމުގެ މަސައްކަތްކުރަމުންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 6 ޖަހާކަށް ހާއިރު އެނާގެ ޑްރައިވަރާއެއްކޮށް އެނާ މަރުވެފައި އޮށްވާ ފެނުނު ކޯރުގެ ބްރިޖު ކައިރިންނެވެ. ފުލުހުން ސިދާރތު ހޯދަން ފެށީ އޭނާގެ ޑްރައިވަރު އޭނާ ގެއްލިގެން ހުށައެޅި ޝަކުވާ އަކާ ގުޅިގެންނެވެ.
އުމުރުން 60 އަހަރުގެ ސިދާރތުއަކީ ކުރީގެ ކަރުނަޓަކާގެ ޗީފް މިނިސްޓަރުގެ ދަނބި ދަރިފުޅެވެ.