އެމެރިކާގެ މަޝްހޫރު މަސްޓަރޑް ކުންފުންޏެއް ކަމަށްވާ ފްރެންޗެސް އިން ކެލެފޯނިއާގައި ހުންނަ މަޝްހޫރު އައިސް ކްރީމް ކުންފުންޏެއް ކަމަށްވާ ކޫލްހައުސް އާއި ގުޅިގެން މަސްޓަރޑް ރަހަދޭ އައިސް ކްރީމެއް އުފައްދައިފިއެވެ. މިއައިސް ކްރީމް ބާޒާރަށް ނެރުމަށް ހަމަ ޖެހިފައިވަނީ އޮގަސްޓް 3 ވާ އެ ޤައުމުގެ ޤައުމީ މަސްޓަރޑް ދުވަހުގައެވެ.
މި އައިސް ކްރީމް އޮގަސްޓް 1 ވަނަ ދުވަހު ނިއުޔޯކްގެ ރޮކެފެލަރ ސެންޓަރާއި ކޮލަމްބަސް ސަރކަލްގައި ހިލޭ ބަހާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި އޮގަސްޓް 2 ވަނަ ދުވަހު ބްރޫކްލިން ބްރިޖް ޕަރކާއި ވިލިއަމްސްބަރގ ގައި މި އައިސް ކްރީމް ބަހާއިރު، އޭގެ ފަހު ދުވަހު އީސްޓް ހެމްޕްޓަންގައިވެސް މި އައިސް ކްރީމް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ލޮސް އެންޖެލެސްގައިވެސް މި އައިސް ކްރީމް ބަހާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ނިއުޔޯރކާއި ލޮސް އެންޖެލެސް އިން ބޭރުގައި ދިރިއުޅޭ މީހުންނަށް މި އައިސް ކްރީމްގެ ރަހަ ދައްކާލުމުގެ ގޮތުން އެފަރާތުން ވަނީ އައިސް ކްރީމް ތައްޔާރު ކުރާނެ ރެސިޕީވެސް އާންމުކޮށްފައެވެ.
ބޭނުންވާނެ ތަކެތި:
2 ޖޯޑު ހެވީ ކްރީމް
1 ޖޯޑު ގެރި ކިރު
1/4 ޖޯޑު ފުލް ކްރީމް ކިރު
1/4 ޖޯޑު ލައިޓް ކޯން ސިރަޕް
2 މޭޒުމަތީ ސަމުސާ ހަކުރު
1/4 ފްރެންޗެސް ބްރޭންޑްގެ ކްލާސިކް މަސްޓަރޑް
1 ސައިސަމުސާ މެކް ކޯރމިކް ބްރޭންޑްގެ ޕްޔޯރ ވެނީލާ އެކްސްޓްރެކްޓް (އެސެންސް)
1 ސައިސަމުސާ މެކް ކޯރމިކް ބްރޭންޑްގެ ރީނދޫ ކާކުލަ
1 ތިކި މެކް ކޯރމިކް ބްރޭންޑްގެ ފެހި ކާކުލަ
1/8 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
1- ހެވީ ކްރީމް ބްލެންޑަރަށް އަޅައި 35-45 ސިކުންތު ވަންދެން ބާރު ސްޕީޑްގައި ގިރާލާ. ބާކީ ހުރި ތަކެތި އެއަށް އަޅައި، ކުޑަކޮށް ބޯ ވަންދެން ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލާ.
2- ބްލެންޑަރުގައި ހުރި ކްރީމް ގަނޑު ތަށިގަނޑަކަށް އަޅައި 6 ގަޑި އިރު ވަންދެން ގަނޑުކުރާ ބަޔަށް ލާފައި ބަހައްޓާ
މި އައިސް ކްރީމް ކާން އެންމެ މީރުވާނީ ޕްރެޓްޒެލް ބްރިޓްލް އާއި އެއްކޮށެވެ.