ފްލައިމީ އައްޑޫ ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސީގައި ރޭ ހިތަދޫ ދެ ޓީމް ކަމަށްވާ އެމްސީ ޔުނައިޓެޑް އެފްސީ އަދި އެފްސީ ކަންމަތި ބައްދަލު ކުރި މެޗް 1-0 ލަނޑުން އެމްސީ ޔުނައިޓެޑް ކާމިޔާބްކޮށްފި އެވެ.
ގްރޫޕްގެ ފުރަތަމަ މެޗް ގައި މެޖެންޓާ އާއި އެމްސީ ޔުނައިޓެޑް ބައްދަލު ކުރި މެޗް ފެށުނުތަނާ ހެން އެމްސީ ޔުނައިޓެޑްގެ އިބްރާހިމް ސައީދަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލުމާއި ގުޅިގެން ބަދަލު ކީޕަރެއްގެ ގޮތުގައި ބެންޗުން ކުޅުންތެރިއަކު އަރުވައިގެން ކުޅުނު މެޗްގައި ބަލިވި ބަލިވުމުގެ ބަދަލު ވަނީ އެފްސީ ކަންމަތި އަތުން ހޯދާފަ އެވެ.
މެޗްގެ ހަމަ އެކަނި ލަނޑު ޖަހައި މޮޅު ކުޅުންތެރިއާ ހޯދީ އެމްސީގެ ހަސަން ހަމީދު އެވެ.
ރޭގެ ދެވަނަ މެޗްގައި މެޖެންޓާ އަދި އަބާނީ ކުޅުނު މެޗް 2-4 ލަނޑުން ކާމިޔާބްކޮށް ގްރޫޕްގެ އެއްވަނަ މެޖެންޓާ އިން ވަނީ ހޯދާފަ އެވެ. މެޖެންޓާ މެޗްގެ މޮލު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މުހައްމަދު ތިލްމީޒް (ބިއްޑޭ) އެވެ.
މިރޭ ގްރޫޕް އޭގެ ތިންވަނަ މެޗް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ގޯދިއްޔާ އަދި ގަން އިންޓަނެޝަނަލް ގެ ޓީމެވެ. ދެވަނަ މެޗްގައި ކުޅޭނީ ދަ ފޭދޫ ސްޕޯޓްސް އާއި އެސްއެމްޓީ އެވެ.