ފަންސާސް ފީފާ ތާރު އައްޑުއަށް މިސްރާބު ޖެހުމުން އައްޑޫގެ ޑެޕިއުޓީ މޭޔަރު އުފާވުމުން އެއިން ދޭހަވަނީ އައްޑޫގެ ހާލަތު ކަމަށް ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ ދެ ދުވަހެއްގެ ތެރޭގައި އައްޑޫގެ ތާރު މަގުތައް މަރާމާތުކުރަން ބޭނުންވާ ތާރު އަންނާނެ ކަމަށް ވިދާޅުވެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ޓުވީޓެއް ކުރެއްވުމުންނެވެ. ތާރު މަގުގައި ލޯވަޅު ހެދި، ކުދި ލޯވަޅުތައް ބޮޑެތި ވަޅުގަނޑުތަކަށް ބަދަލުވެފައިވާއިރު މިހާރު އެމަގުތައް މަރާމާތު ކުރަމުން އަންނަނީ ކޮންކުރީޓުންނެވެ.
50 feefaa thaaru Addu ah misraab jehumun Addu City D.Mayor ufaavumun dheyha vanee Addu ge haalathu. https://t.co/1zWyy8iBYe
— Ali Nizar (@DhekunuNizar) August 15, 2019
އައްޑޫގެ މަގުތައް ހެދުމަށް ބޭނުންވާ ފައިސާ އިންޑިޔާގެ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު އައްޑޫގެ ތަރައްގީއަށް މަސައްކަތެއް ނުކުރެވޭ ކަމަށް ބުނެ ނިޒާރު އަންނަނީ ފަހަކަށް އައިސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.