މިހާރު ފޭދޫ ގައި ކުރިއަށްދާ ފްލައިމީ އައްޑޫ ފުޓްސަލް ޗެލެންޖްގެ ގްރޫޕް ބީގެ ފަހު މެޗް ތަކުގައި މަލްޓީ ޖީނިއަސް އާއި ޔަންގް މެޖެންޓާ ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ގްރޫޕް އެއްވަނަ މަގާމުގައި އޮތުމާއި އެކު އެޓީމު ސެމީ އަށް ގޮސްފި އެވެ.
ގްރޫޕް ބީގެ ދެވަނަ މެޗްގައި ޔަޝީ އަދި ހުރު ޝަހަރު ބައްދަލު ކުރި މެޗް 5-2 ލަނޑުން ކާމިޔާބް ކުރީ ޔަޝީ އެވެ.
ޔަޝީ އާއި ހޫރު ޝަހަރު ބައްދަލު ކުރި ފޯރިގަދަ މެޗްގައި ޔަޝީއަށް ގޯލުތައް ޖަހައި ދީފައި ވަނީ އިބްރާހިމް އާސިފް، ނައްވާރު ނަސީރުގެ އިތުރުން މުހައްމަދު ހަމްދާން އާއި މުހައްމަދު ޝިޔާން ޝާހް އެވެ. މެޗްގައި އިބްރާހިމް އާސިފް ވަނީ 2 ލަނޑު ޖަހއި މެޗްގެ މޮޅު ކުޅުންތެރިއާ ހޯދާފަ އެވެ.
ހޫރު ޝަހަރުގެ 2 ލަނޑު ވެސް ޖަހައި ދީފައި ވަނީ މުހައްމަދު ޝިމާޒް އެވެ.
ގްރޫޕް އޭ އަދި ބީގެ މެޗްތައް ކުޅެ ނިމިފައިވާ އިރު ސެމީ ކަށަވަރުވެފައިވަނީ ގްރޫޕް އޭގެ އެއްވަނަ ގޯދިއްޔާ އާއި ގްރޫޕް ބީގެ މަލްޓީ ޖީނިއަސް އެވެ.
މި ރޭ ގްރޫޕް ސިގެ ފަހު މެޗްތައް ކުޅޭ އިރު ގްރޫޕް ގެ އެއްވަނާގައި އޮތް މެޖެންޓާ އަށް ސެމީ ވަނީ ވަރަށް ބޮޑަށް ކަށަވަރުވެފަ އެވެ.
މިރޭ އެފްސީ ކަންމަތި އާއި ދެކޮޅަށް މެޖެންޓާ ނިކުންނައިރު ސެމީގެ ހަތަރު ވަނަ ޖާގަ ކަށަވަރު ކުރުމަށް އެމްސީ ޔުނައިޓެޑް އަބާނީ ބޮޑު ތަފާތަކުން ބަލިކުރަން ޖެހެ އެވެ.
ބެސްޓް ސެކަންޑް ޓީމަށް މިހާރު ވާދަކުރަމުން އަންނަނީ ދި ފޭދޫ ސްޕޯޓްސް އެވެ. އަދި އެ ޖާގަ އަށް އެމްސީ ޔުނައިޓެޑަށް ވެސް އެބަ އޮތެވެ.