ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 350 މިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައިފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން ރޭ ވަނީ ފާސްކޮށްފައެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސްޕްލިމެންޓްރީ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަނީ ބޭރުގެ ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ ހިލޭ އެހީން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެފައިސާގެ ތެރެއިން ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ބޮޑު އަދަދެއް ހިމެނުމުގެ ބޭނުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުން ކަމަށެވެ.
މި ސަރުކާރުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ބޭންކެއްވެސް އުފައްދަވާފައެވެ.