Last Updated: November 27, 06:09
Wednesday, November 27, 2024
ވިޔަފާރި

ގެސްޓް ހައުސް ހިންގަން ބިން ދޫކުރަނީ

އެޕްރީލް 26 ގައި ނަޝީދު ފޭދޫގެ ގެސްޓް ހައުސްއެއް ހުޅުއްވައި ދެއްވަނީ. ފޮޓޯ/ ޖޭޑް

އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ބިން ތައް ކަނޑައަޅައި އެތަންތަން ކުއްޔަށް ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ޖޫން 25 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 20 ވަނަ ބައްދަލުވުމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް (ސޯބެ) ހުށަހެޅި މައްސަލަ އާ ގުޅިގެން ކައުންސިލުން ވަނީ މިކަމާއި މަޝްވަރާކޮށް ކުއްޔަށް ދޭނެ ބިންތައް ކަނޑައަޅާފަ އެވެ.

ކައުންސިލުން ބުނީ ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ރިޒޯޓްތައް ހަދާނެ އިތުރު ރަށް ތަކެއް އައްޑޫގައި ނެތުމާއެކު، ބެޑްކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިޓީ ހޮޓަލާއި ގެސްޓްހައުސް އިމާރާތްކުރުމަށް އައްޑޫ ސިޓީގައި ލިބެންހުރި ހުސް ބިންތައް ހަމަޖެއްސުމަށް ކައުންސިލް ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ނިންމެވީ ކަމަށެވެ. ނަމަވެސް ކައުންިލް ބައްދަލުވުމަށް ހާޒިރުވީ ކިތައް މެމްބަރުން ކަމެއް ކައުންސިލުން ނުބުނެ އެވެ.

ކައުންސިލުން ވަނީ އައްޑޫގެ 11 ތަނެއް ޓޫރިޒަމް ތަރައްޤީ ކުރުމަށް ކުއްޔަށްދޭން ނިންމާފައެވެ. އެގޮތުން ކައުންސިލުން ނިންމާފައިވަ ސަރަހައްދު ތަކަކީ ހިތަދޫގެ އައިސްޕްލާންޓާއި އައިއެމްޑިސީ ހޮސްޕިޓަލަށް ދޫކުރެވިފައިވާ ބިމާއި ދެމެދުގައިވާ ހުސް ބިމާއި، ހިތަދޫ ގައްލީޝާ ކިޔާ ސަރަހައްދުގައި ދިރާގުގެ ކޭބަލް ވަޅުލާފައިވާ ސަރަހައްދުން ފެށިގެން މަނިކުފަންނާއި ފަޅޯދަނޑި ފަންނާއި ދެމެދު އޮތް ހުސްބިމާއި، ހިތަދޫގެ ޑެއިޒީމަގު ނިމޭ ހިސާބާއި ލިންކްރޯޑާ ގުޅިގެން އޮންނަ ޖަންކްޝަން ސަރަހައްދު ނުވަތަ ތުނޑިމަތި ސަރަހައްދާއި، ހިތަދޫ އީދިގަލި ސަރަހައްދުގެ ކުރީގެ ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތުގެ ސަރަހައްދެވެ.

އަދި ހިތަދޫ މަނިކުމަގާއި ކަނބިހާ މަގާ ދެމެދު ސަރައްހަދާއި، ހިތަދޫ ކުނިކޮށީގެ ކުރިމަތިން އޮތް ސަރައްދުން ފެށިގެން އައްސޭރި ޓޫރިޒަމަށް ޚާއްސަކުރެވިފައިވާ ސަރަހައްދާއި ދެމެދު އޮތް ހުސްބިން ވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މަރަދޫ ބޯޓުޔާޑު ސަރަހައްދުން ސްލިޕްވޭ އަށް ދޫކޮށްފައިވާ ބިން ފިޔަވައި ބާކީ އޮތް ސަރަހައްދު
މަރަދޫ ބަނދަރުު ކުރިމަތިން ޕާކް ސަރައްދު ވެސް ވަނީ ގެސްޓް ހައުސް އެޅުމަށް ދޫކުރަން ނިންމާފަ އެވެ.

ކައުންސިލްގެ ނިންމުމުގައިވާ ގޮތުން މަރަދޫ ފުޓްބޯޅަ ދަނޑު(މަރަދޫފޭދޫ) ސަރަހައްދުން މިހާރު ސަންސެޓް ރޯޑުގެ މަސައްކަތަށް ބޭނުން ކުރެވެމުންދާ ސަރަހައްދާއި އެ ސަރަހައްދުގެ ކަންމަތި އާއި މީދޫ އިސްމެހެލާ ހެރަ ސަރަހައްދުގެ އިތުރުން މީދޫ ކޯގަންނު ސަރަހައްދާއި ބައިވޯޓަރ ފެންޕްލާންޓް ހުންނަ ސަރަހައްދުވެސް ވަނީ ކުއްޔަށް ދުކުރާ ސަރަހައްދުތަކުގައި ހިމެނިފަ އެވެ.