ރޭ އިޓާލިއަން ސެރީއާ ގައި ޔުވެންޓަސް އަދި ނަޕޯލީ ބައްދަލުކުރި ފޯރިގަދަ މެޗު 3-4 އިން ޔުވެންޓަސް ކާމިޔާބުކޮށް ހަމަޖެހިލައިފިއެވެ.
ޔުވޭގެ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޑެނީލޯ އަދި ހިގުއެއިންގެ ފަރާތުން ކައިރި ކައިރީގައި ދެ ލަނޑު ވަނީ ފެނިގެން ގޮސްފައެވެ.
މިނަތީޖާ އާއެކު 0-2 އިން ކުރީގައި އޮވެ ޔުވެންޓަސް ހާފު ނިންމާލާފައިވާއިރު ދެވަނަ ހާފުގެ ކުރީކޮޅު ރޮނާލްޑޯގެ ލަނޑަކުން އެޓީމު ވަނީ ލީޑު ފުޅާކޮށްފައެވެ.
ނަމަވެސް ދެން ފެނިގެން ދިޔައީ އެންޗެލޮޓީގެ ޓީމުން މެޗުގެ އޮއިވަރު ބަދަލުކޮށްލިތަނެވެ. 66 އަދި 68 ވަނަ މިނެޓުގައި މިނަލޮސް އަދި ލޮޒާނޯގެ ދެ ގޯލުން ނަތީޖާ 2-3 އަށް ބަދަލުކޮށްލިއިރު 81 ވަނަ މިނެޓުގައި ޖިއޮވާނީ ޑި ލޮރެންޒޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ސަރީގެ ޔުވެންޓަސްއަށް މެޗު އަނބުރާލެވުނީ 90 ވަނަ މިނެޓުގައި ނަޕޯލީގެ ޑިފެންޑަރު ކަލިޑޯ ކުލިބާލީގެ އަތުން ބައިކޮޅަށް ވަން ގޯލެއްގެ ފައިދާ ނަގައިގެންނެވެ.