މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީއަކަށް ރައީސުލް ޖުމުހޫރިއްޔާ ޝެއިޚް ހުސެން ރަޝީދު އައްޔަން ކުރައްވައިފިއެވެ.
ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް ރައީސުލް ޖުމުހޫރިއްޔާ ހުސެން ރަޝީދު އައްޔަންކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.
ކުރިން އަދާލަތު ޕާޓީގައި ހުންނެވި ނަމަވެސް ޝެއިޚް ހުސެން ރަޝީދު ވަނީ ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.
އަދި ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވިލިމާލެ ދާއިރާއަށް ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާފައެވެ.