Last Updated: April 2, 10:31
Wednesday, April 2, 2025
ޚަބަރު

ފުލުހުން ދަނީ އަޅުގަނޑަށް ފާރަލަމުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުން އަންނަ ކަމުގެ މައުލޫމާތު އެމްއެންޑީއެފުން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގައެވެ. ފާރަލަމުންދަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އެއިރެއްގައި ދައްކަން ޖެހޭ ވާހަކައެއް، ކިތަންމެ ނުރައްކަލެއް އޮތަސް ދައްކަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ރިޟްވާން ވަގަށް ނެގި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަން ފާހަގަކުރައްވައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅަން ގޮވާލާފައެވެ. އެކަން ނުކޮށް ދިވެހިން ގެންނަން ބޭނުންވި ބަދަލު ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.