Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

މަސްތުވާތަކެތީގެ ވަބާއަށް ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ކުރާތަނެއް ނުފެނޭ: ނިޒާރު

މަސްތުވާތަކެތީގެ ވަބާއަށް ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން ހަރުދަނާ މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ނިޒާރު ކުރެއްވި ޓްވީޓްގައި ވަނީ އަނދިރި ދައުލަތުން ރާއްޖެ އަނދިރިވާ ވަރަށްވުރެ މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ މުސްތަޤްބަލް އަނދިރިވެދާނެވަރު ތަންކޮޅެއްވެސް ކުޑައެއް ނޫންކަމަށް ވިދާޅުވެފައެވެ.

https://platform.twitter.com/widgets.js

"އަނދިރި ދައުލަތުން ރާއްޖެ އަނދިރިވާ ވަރަށްވުރެ މަސްތުވާތަކެތީގެ ވަބާއިން ރާއްޖޭގެ މުސްތަޤްބަލް އަނދިރި ވެދާނެވަރު ތަންކޮޅެއްވެސް ކުޑައެއް ނޫން. މިކަމަށް ހައްލެއް ހޯދުމަށް އެއްވެސް ސަރުކާރަކުން ހަރުދަނާ މަސައްކަތެއް ކުރާތަނެއް ނުފެނޭ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ ޓްވީޓްވަނީ މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގް ކުރައްވާފައެވެ.

މަސްތުވާތަކެތީގެ ވަބާގައި ދުވަހެއް ދުވަހަކަށް ރާއްޖޭގެ ޒުވާނުން ޖެހޭ އަދަދު ދަނީ އިތުރުވަމުންނެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހިނގައިނުގަނެވޭ ހާލުގައި އުޅޭ ޒުވާނުންގެ ވީޑިއޯ ތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމަކީ ފަހަކަށް އައިސް ފެންނަން ފަށާފައިވާ ވަރަށް ވެސް ދެރަ މަންޒަރު ތަކެކެވެ.