މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ފަސް އަހަރުގެ ކުއްޖަކާ އެކު މޫދަށް ފުންމާލި އަންހެނަކު ސަލާމަތް ކުރި ދެ ޒުވާނަކު ދެއްކި ހިތްވަރު ފާހަގަކޮށް ފުލުހުން އެކަމުގެ އަގު ވަޒަންކޮށް ހިދުމަތުގެ ލިޔުން ދިން އިރު، މި މަހުގެ 13 ވަނަ ދުވަހު އައްޑޫގައި ފެެރީއަކުން ކަނޑަށް ފުންމާލި އަންހެން ކުއްޖަކު ސަލާމަތް ކުރި ސިފައިންގގެ މީހާގެ އަގު ވަޒަންކޮށްފައި ނުވާތީ އައްޑޫގެ ވަރަށް ގިނަ ބަޔަކު އެކަން ފާހަގަ ކުރަން ފަށައިފި އެވެ.
މީގެ އިތުރުން މި މަހުގެ 27 ވަނަ ދުވަހު ރޭ މާލޭގައި ހުންނަ ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިން ޑޮލަރުތަކެއް ނަގައިގެން ދިޔަ މީހެއްގެ އަތުން ޑޮލަރު ފޭރިގަތުމުން އެ ފައިސާ އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހަކަށް ވެސް 28 ވަނަ ދުވަހު ފުލުހުން ވަނީ އަގުވަޒަންކޮށް ހަނދާނީ ލިއުމެއް ދީފަ އެވެ.
އެކަމަކު އައްޑޫގައި މި މަހުގެ ތެރޭގައި އަންހެން ކުއްޖަކު ކަނޑަށް ފުންމާލުމުން އޭނާ ސަލާމަތް ކުރި ސިފައިންގެ މީހާ ކޮށް ދިން ހިދުމަތުގެ އަގު އެއްވެސް ފަރާތަކުން ވަޒަންކޮށްފައެއް ނުވެ އެވެ.
އެމްްއެންޑީއެފުން ވެސް އަދި ފުލުހުން ވެސް އަދި ސަރުކާރުގެ އެހެން މުއައްސަސާއަކުން ވެސް މިކަން ފާހަގަ ނުކުރުމަކީ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާ ކަމެކެވެ.
މި މަހުގެ 13 ވަނަ ދުވަހު ފޭދޫން ފުރައިގެން ހުޅުމީދު އަށް ދަތުރު ކުރި ފެރީީއަކުން 16 އަހަރުގެ އަންހެން ކުއްޖަކު ކަނޑަށް ފުންލާމުން، އޭނާގެ ފުރާނަ އެ ދުވަހު ސަލާމަތް ކުރީ ފެރީގައި އިން ސިފައިންގެ މީހެއް ކަމަށްވާ ހުޅުދޫ މުޝްތަރީގޭ މިރުސާން އަބްދުﷲ އެވެ.
ހުުޅުދޫ ޖަމްނާގެ ސަލްހާ ސަލާހު ކަނޑަށް ފުންމާލުން ލައިފް ޖެކެޓާ އެކު ކަނޑަށް ފުންމާލައި، އޭނާ ސަލާމަތް ކުރުމާ ގުޅިގެން، އެ ހާދިސާ ހިނގި އިރު ފެރީގައި ތިބި މީހުން މިރުސާނުގެ ހިތްވަރަށް ތައުރީފުކޮށް، އޭނާ މީހެއްގެ ފުރާނަ ސަލާމަތްކޮށްފައިވާތީީ އެކަން ފާހަގަކޮށް އޭނާ އަށް ވަރަށް ބޮޑަށް ހިތްވަރު ވެސް ދޫފައިވެ އެވެ.
މިރުސާން ކަނޑަށް ފުންމާލައި، ސަލްހާ ސަލާމަތް ކުރީ ފެރީގެ ފަހަތުގައި ތިބި ބަޔަކު ކުއްޖަކު ކަނޑަށް ފުންމާލި ކަމަށް ބުނެ ހަޅޭއްލަވަން ފެށުމުންނެވެ. އަދި ސަލްހާ ކަނޑުން ނަގައި ދޯންޏަށް އަރުވައި ރަށާ ހަމައަށް ދެވެންދެން މިރުސާނު އެހީތެރިކަން ފޯރުކޮށް ދިނެވެ.
އެގޮތުން ސަލްހާ ފިޓް ޖެހިފައި އޮތުމުން އެ ދުވަހު އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށް ދިނީ މިރުސާން ކަމަށް ފެރީގައި ތިބި މީހުން ބުންޏެވެ.